
ދެރަށެއްގެ ސިއްހީމަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
ދެރަށެއްގެ ސިއްހީމަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
ލިޔުން:
ތ.ދިޔަމިގިލީ ސިއްހީމަރުކަޒާއި ގއ. ގެމަނަފުށި ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް ބަޔަކާ ހަވާލުކޮށްފިއެވެ.
ދިޔަމިގިލީ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ޕޯޓިކޯގެ މަސައްކަތްތައް ކުރުމަށް ކޯސްޓަލް އިންޖިނިއަރިންގ ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރީ 154 ދުވަސްތެރޭ ނިންމުމަށެވެ.
އެ މަސައްކަތުގެ ޖުމްލަ އަގަކީ 4,405,835.16 ރ (ހަތަރު މިލިއަން ހަތަރު ލައްކަ ފަސްހާސް އަށްސަތޭކަ ތިރީސްފަސްރުފިޔާ ސޯޅަލާރި) އެވެ.
ގެމަނަފުށި ސިއްހީ މަރުކަޒުގެ ވަށާފާރު ރޭނުމާއި، އެ މަރުކަޒުގައި ކުރަންހުރި މަސައްކަތްތައް ކުރުމަށް ހަވާލުކުރީ
ކޮންޓްރެކްޓަރ ވީރު ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާއެެވެ.
މިއަދު، ރ. އިނގުރައިދޫގައި ސިއްހީ މަރުކަޒެއް އަޅަން ވެސް ބަޔަކާ ހަވާލުކުރިއެވެ. އެއީ 76 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
