"ކޮމަންޑޫ ރައްޔިތުންގެ ގާތުގައި ބުނަން ރައީސުލް ޖުމްހޫރިއްޔާ ވެސް، މިހުރިހާ ވަޒީރުން ވެސް ވިދާޅުވެއްޖެ ކޮމަންޑުއާ މަތިކޮމަންޑުއާ ގުޅައިލުމުގެ ޕްރޮޖެކްޓް އަވަހަށް އިއުލާނުކުރައްވައި އަޅުގަނޑުމެން އެ ވާހަކަ ދައްކަން. ދެން ދައްކައިފީމު. އެމީހުން ވޯޓުވެސް ދީފި. ބަލަ ރަނގަޅަށް ވޯޓުލާ ނުނިމޭ ޖައްރާފު ގެންގޮސްފި،" ނަޝީދު ވިދާޅުވި އެވެ.ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީ ޕްރައިމަރީގެ ކެމްޕޭނުގައި އެމަނިކުފާނު ކޮމަންޑުއަށް ވަޑައިގެންނެވުމުން، ދެ ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއާ ގުޅުވައި އެމަނިކުފާނަށް ހަޖޫ ޖަހާ މޭރުމަކުން ވާހަކަ ދެއްކި އެވެ. "ދެން އަޅުގަނޑު ހިނގައްޖައިން އިހަކަށް ދުވަހު މި ޕްރައިމަރީ ކެމްޕޭނުގައި. ދިޔައިމާ އެމީހުން ބުނެފި ކޮބާ މަތިކޮމަންޑޫގައި ދެއްތޯއޭ މިފަހަރު ހުންނަވާނީ. ބްރިޖް މަތިން މަތިކޮމަންޑުއަށް ގެންދާން ވެގެން އެމީހުން އަޅުގަނޑު ކައިރީގައި ބުނީ،" ނަޝީދު ވިދާޅުވި އެވެ. އެމްޓީސީސީއާ ހަވާލާދީ ކޮމަންޑޫ ކައުންސިލުން މިދިޔަ އަހަރު ބުނެފައިވާ ގޮތުގައި ދެކޮމަންޑޫ ގުޅުވައިލުމުގެ މަޝްރޫއު ހުއްޓުނީ ބިންހިއްކަން ބޭނުންކުރާ "މަހާ ޖައްރާފު"ގެ މަރާމާތެއް ކުރަން ޖެހިގެންނެވެ. އެ މަރާމާތު ނިމުމުން އެ މަޝްރޫއު އަލުން ފަށާނެ ކަމަށް އޭރު ބުންޏެވެ. ދެ ކޮމަންޑޫ ގުޅައިލުމުގެ މަސައްކަތް 250 މިލިޔަން ރުފިޔާގެ އަގަކަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަސައްކަތާ ހަވާލުވުމަށް ފަހު އެމްޓީސީސީން އޭރު ބުނީ އެ މަސައްކަތް އަންނަ އަހަރު (މިއަހަރު) ނިންމާނެ ކަމަށެވެ.
2 ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއަށް ނަޝީދު ޖޯކުޖައްސަވައިފި

2 ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއަށް ނަޝީދު ޖޯކުޖައްސަވައިފި
ލިޔުން:
ށ.ކޮމަންޑުއާއި އެރަށާ ޖެހިގެން އޮންނަ ފަޅުރަށް މަތި ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއު ކުރިއަށް ނުދާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވެ، ޖޯކް ޖައްސަަވައިފި އެވެ.
ކޯޒްވޭއަކުން ދެކޮމަންޑޫ ގުޅައިލާނެކަން ސަރުކާރުން އިއުލާނު ކުރީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރަކަށް ކުރިން ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުން ބޭއްވި ބައި އިލެކްޝަނުގެ ކެމްޕޭނުގެ ތެރޭގަ އެވެ. އެހެން ނަމަވެސް އެމަނިކުފާނު އޭރު ވިދާޅުވީ އެއީ 2018 ވަނަ އަަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދެއް ކަމާއި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ އެ މަޝްރޫއާ ގުޅުމެއް ނެތް ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި ބ. ހިތާދޫގައި މިއަދު ބޭއްވެވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ދެކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއުގެ ވާހަކަ ކޮމަންޑޫ މީހުން ގާތުގައި އެމަނިކުފާނު ދެއްކެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެގެން ކަމަށެވެ. އެ ވާހަކަ ދެއްކުމުން އެ ދާއިރާގެ މީހުން އެމްޑީޕީއަށް ވޯޓު ދިން ކަމަށާއި އެކަމަކު އެ މަޝްރޫއު އެހިސާބުން ހުއްޓުނީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
