
ދެކޮމަންޑޫ ގުޅައިލަށް ހަދަން ޖެހޭ ސާވޭ ނިމިއްޖެ
ދެކޮމަންޑޫ ގުޅައިލަށް ހަދަން ޖެހޭ ސާވޭ ނިމިއްޖެ
ލިޔުން:
ށ. ކޮމަންޑޫ އާއި މަތި ކޮމަންޑޫ ކޯޒްވޭއަކުން ގުޅާލުމަށް ކުރަންޖެހޭ ޖީއޯ ޓެކްނިކަލް ސާވޭ ކޮން ނިމިފައިވާ ކަމަށް އެމަސައްކަތާ ހަވާލު ވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީއިން ބުނީ ޖީއޯ ސާވޭ ކޮށްނިމިފައިވާ ކަމަށާއި އަދި ސާވޭއިން ލިބިފައިވާ މައުލޫމާތުގެ އަލީގައި ކޯޒްވޭގެ ފައުންޑޭޝަންގެ މަސައްކަތަށް ތައްޔާތުވަމުން އަންނަ ކަމަށެވެ.
[embed]https://twitter.com/MTCCPlc/status/1640644500983889920?s=20[/embed]
ދެ ކޮމަންޑޫ ގުޅައިލުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ ހަވާލުކޮށްފައިވަނީ 250 މިލިއަން ރުފިޔާއަށް 730 ދުވަސްތެރޭ ނިންމާ ގޮތަށެވެ.
ކޯޒްވޭއަކުން ދެކޮމަންޑޫ ގުޅައިލާނެކަން ސަރުކާރުން އިއުލާނު ކުރީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރަކަށް ކުރިން ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުން ބޭއްވި ބައި އިލެކްޝަނުގެ ކެމްޕޭނުގެ ތެރޭގަ އެވެ. އެހެން ނަމަވެސް އެމަނިކުފާނު އޭރު ވިދާޅުވީ އެއީ 2018 ވަނަ އަަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދެއް ކަމާއި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ އެ މަޝްރޫއާ ގުޅުމެއް ނެތް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
