މާލެ: 31°C

ދެ އެއާޕޯޓެއް އިންޓަނޭޝަނަލް ކުރަން ފައިނޭންސް ހޯދަނީ

ދެ އެއާޕޯޓެއް އިންޓަނޭޝަނަލް ކުރަން ފައިނޭންސް ހޯދަނީ
May 17, 2023
2 ފަހަރު ބަލާފައި
ދެ އެއާޕޯޓެއް އިންޓަނޭޝަނަލް ކުރަން ފައިނޭންސް ހޯދަނީ
ކްރޮސް ސަބްސިޑީ އުސޫލުން ދާލު އެއާޕޯޓާއި ޅ. މަޑިވަރު އެއަރޕޯޓް އިންޓަރނޭޝަނަލް ފެންވަރަށް ތަރައްގީކުރުމަށް ފައިނޭންސް ހޯދަން ސަރުކާރުން ހުޅުވާލައިފިއެވެ. ރައީސް ނެރުއްވި ގަރާރެއް ގައި ވަނީ ކްރޮސް ސަބްސިޑީ އުސޫލުން ރާއްޖޭގެ 6 ސަރަޙައްދެއްގައި ތަރައްގޫކުރާ އެއާޕޯޓްތަކާއި، މިހާރު ހުރި ބައެއް އެއާޕޯޓްތައް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކުރެއްވުމަށްޓަކައި އެކަމަށް ބޭނުންވާ ފައިސާ ހޯދަން ހުޅުވާލައްވާފައެވެ. އެ ގަރާރުގައި ވާގޮތުން ދާލު އެއަރޕޯޓާއި ޅ. މަޑިވަރު އެއަރޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރަން ފައިނޭންސް ކުރެވޭނެ އެންމެ ކުޑަ އަގަކީ 5 މިލިއަން ޑޮލަރެވެ. މި ދެ އެއަރޕޯޓުގެ  އިތުރުން ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ، ފ. މަގޫދޫ، ތ. ވިލުފުށީ އަދި ރ. އަތޮޅު ދެކުނު ގައި ތަރައްގީ ކުރާ އެއާޕޯޓުތައް ކްރޮސް ސަބްސިޑީގެ އުސޫލުން ތަރައްގީ ކުރުމަށް ވެސް އެ ގަރާރުގައި ވެއެވެ. އަދި ކައްދޫ އެއާޕޯޓާއި، މަޑިވަރު އެއާޕޯޓު އިންޓަނޭޝަނަލް ކުރުމާއި ، މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް އޭގަ ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ