މާލެ: 31°C
19 ވަނަ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ ފަށައިފި

19 ވަނަ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ ފަށައިފި

May 13, 2024
3 ފަހަރު ބަލާފައި
19 ވަނަ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ ފަށައިފި
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިހުގެ 19 ވަނަ ދައުރުގެ ފަހު ޖަލްސާ ފަށައިފިއެވެ. 2019 ވަނަ އަހަރު ރައްޔިތުން އިންތިހާބުކުރި 87 މެމްބަރުންގެ ދައުރު ހަމަވާނީ މި މަހުގެ 15 އަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ނިންމެވީ ޖަލްސާތައް މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށެވެ. މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައިވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖެއަށް ފަތުރުވެރިންގެ ގޮތުގައި ޒިޔާރަތްކުރާ ފަރާތްތަކަށް ޓޫރިސްޓް ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް / އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަންގެ ހިދުމަތް ތައާރަފްކުރުމަށް ގޮވާލައި ހުށަހަޅާ ގަރާރެވެ. އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރުމަށް ވެސް ވަނީ އެޖެންޑާކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ އާ ދައުރަކަށް އިންތިހާބުވި 93 ބޭފުޅުން މެމްބަރުކަމުގެ ހުވާކުރުން އޮތީ މި މަހުގެ 28 ގައެވެ. މަޖިލީހުގެ 93 ދާއިރާގެ ތެރެއިން ޕީއެންސީން 90 ދާއިރާއަކަށް ވާދަކޮށް ވަނީ މި އިންތިހާބުގައި ސުޕާ މެޖޯރިޓީ ހޯދައިފައެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް ނެގުނީ 12 ގޮނޑިއެވެ. އެ އިންތިހާބުގައި ޕީއެންސީއަށް 73 ގޮނޑި ލިބިފައިވާއިރު، ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި އެމްއެންޕީގެ ގޮނޑިތަކާ އެކު، ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ އަދަދު މިހާރު ވަނީ 77 އަށް އަރާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ