15 މީހުންނާއެކު ދަތުރުކުރި ލޯންޗެއް ށ.މާކަނޑޫދޫ ކައިރިން ބަންޑުންޖަހާލައިފި އެވެ.
އުނގޫފާރު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު، "މިހާރު" އަށް ވިދާޅުވީ މިލަންދޫ އާއި މާކަނޑޫދޫ ކައިރިން އެ ލޯންޗު ބަންޑުން ޖަހާލީ މިއަދު ހަވީރު 5:30 ހާއިރު ކަމަށާއި، ބަންޑުން ޖަހާލި ލޯންޗުގައި ހަތަރު އަންހެނުންނާއި ހަތަރު ކުޑަކުދިން ވެސް ތިބި ކަމަށެވެ. އަދި ލޯންޗް ބަންޑުންޖަހާލިއިރު ލޯންޗުގައި ތިބި އެއްމެންވެސް ވަނީ މިލަންދޫއަށް ގެންގޮސްފައި ކަމަށެވެ.
އެ ހާދިސާ އާއިގުޅިގެން ލޯންޗުން ދަތުރުކުރި ބައެއް މީހުން މިލަންދޫ ސިއްހީމަރުކަޒަށް ގެންދިޔަ ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.







