މާލެ: 31°C
15 މާޗްގެ ކުރިން އިންޑިއާ ސިފައިން ފޭބުމަށް އަންގައިފި

15 މާޗްގެ ކުރިން އިންޑިއާ ސިފައިން ފޭބުމަށް އަންގައިފި

January 14, 2024
3 ފަހަރު ބަލާފައި
15 މާޗްގެ ކުރިން އިންޑިއާ ސިފައިން ފޭބުމަށް އަންގައިފި

އަންނަ މާޗު މަހުގެ 15 ދުވަހުގެ ކުރިން، ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.

ކެބިނެޓުގެ މިއަދުގެ ބައްދަލުވުމުގެ ނިންމުންތައް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޒިމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒު އެ ގޮތަށް ހުށަހެޅުއްވީ ފޮރިން މިނިސްޓްރީގައި މިހާރު ކުރިއަށް ގެންދާ ދެ ގައުމުގެ "ހައި ލެވެލް ކޮމިޓީ" ގެ ބައްދަލުވުމަށް ކަމަށެވެ. މިއަދު ކުރިއަށް ގެންދާ އެ ކޮމިޓީގެ 12 ވަނަ ބައްދަލުވުމުގެ އެޖެންޑާގައި އެކަން ހިމަނާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އެ ދެންނެވި މަޝްވަރާތައް މި ދެންނެވި ބައްދަލުވުމުގައި މިހާރު ކުރިއަށް އެ ދަނީ،" އޭނާ ވިދާޅުވި އެވެ.

މިއަދުގެ ބްރީފިން ގައި ނާޒިމް ވިދާޅުވީ، އިންޑިއާ ސިފައިންނަށް މިގައުމުގައި ނުތިބެވޭނެކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މިހާރު ކުރާ ކަމަކީ އެ ކަންކަން ތަންފީޒު ކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ