
15 ފީފާގެ ކަޅުތެޔޮ ނަގައި ރަސްމީފާލަން ސަރަހައްދު ސާފުކޮށްފި
15 ފީފާގެ ކަޅުތެޔޮ ނަގައި ރަސްމީފާލަން ސަރަހައްދު ސާފުކޮށްފި
ލިޔުން:
މާލޭގެ އިޒުއްދީން ފާލަން (ރަސްމީ ފާލަން) ކައިރިން މޫދައް އެޅިފައި ހުރި ކަޅުތެޔޮތައް ނަގައި ނިންމައިލި އިރު އެ ސަރަހައްދުން ޖުމްލަ 15 ފީފާ ކަޅުތެޔޮ ނެގިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
ރަސްމީ ފާލަން ކައިރިން ފަޅުތެރެއަށް އެޅިފައި ހުރި ކަޅުތެޔޮތައް ނަގައި އެ ސަރަހައްދު ސާފުކޮށް ނިންމައިލެވުނުކަން ހާމަކުރަން އެމްއެންޑީއެފުން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ އެ މަސައްކަތް ނިންމައިލި އިރު ޖުމްލަ 15 ފީފާގެ ކަޅުތެޔޮ ނެގިފައިވާ ކަމަށެވެ. އެ މަސައްކަތް ކުރީ ކޯސްޓުގާޑްގެ އޮއިލް ރެސްޕޮންސް ޓީމާއި މާލޭ އޭރިއާ ސިފައިން ގުޅިގެންނެވެ .
[embed]https://twitter.com/MNDF_Official/status/1610282311660212228?s=20&t=dajk9bqRmReUIgIK2fYqtg[/embed]
މާލޭގެ ފަޅުގެ ދެ ސަރަހައްދަކަށް އެޅިފައި ހުރި ގިނަ އަދަދެއްގެ ކަޅުތެޔޮތައް ނެގުމުގެ މަސައްކަތް ސިފައިން ފެށީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެ މަސައްކަތަށް ޖުމްލަ ތިން ދުވަސް ހޭދަވި އެވެ.
ރަސްމީފާލަން ކައިރިއަށް ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފައި ހުރީ ކިހިނެއްކަމެއް ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
