
15 އަހަރުގެ އަންހެންކުއްޖަކު ގެއްލިގެން ހޯދަނީ
15 އަހަރުގެ އަންހެންކުއްޖަކު ގެއްލިގެން ހޯދަނީ
ލިޔުން:
ތ. ދިޔަމިގިލީން 15 އަހަރުގެ އަންހެންކުއްޖެ ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިިފި އެވެ.
ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ވަނީ ތ. ދިއަމިގިލި، އާޤިސާމަންޒިލް، ޒީކް ބިންތި މުހައްމަދު ރިޔާޒު (15އ) ގެއްލިގެން ހޯދާކަމަށެވެ.
އެކުއްޖާ ގެއްލިގެން ހޯދަން ފަށާފައިވަނީ މިމަހު 25 ވަނަދުވަހުގެ ހަވީރު 5 ޖަހާކަންހާއިރު އޭނާ ގެއިން ބޭރަށް ދިޔަފަހު އާއިލާއަށް އެއްވެސް ހަބަރެއް ނުވުމުންނެވެ. އާއިލާއިން ޒީކް ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އެކުއްޖާ ހޯދަން އާއިލާއިން ކުރި މަސައްކަތުން ނުފެނުމުން 26 ވަނަ ދުވަހުގެ ހަވީރު 18:17 ގައި ކަމަށް ފުލުހުން ބުންޏެވެ.
ޒީކް ބިންތި މުހައްމަދު ރިޔާޒުގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުން ގެއްލުމުގެ ކުރިން އޭނާ ދިރިއުޅެމުން އައިސްފައިވަނީ ކ. މާލެ، ގ. ތޯނީއައްސޭރި ގޭގައެވެ. އެ ކުއްޖާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ހިތެއްގެ ބައްޓަމަށް ކުރަހާފައި ހުރި ޓޮޕަކާއި އަޅި ކުލައިގެ ޖިންސެއް ކަމަށާއި އަޅައިގެން ހުރީ ކަޅު ޝޯލެއް ކަމަށް ވެސް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައި ވެ އެވެ.
ޒީކް ބިންތި މުހައްމަދު ރިޔާޒުއާ ގުޅޭ އެއްވެސް މައުލޫމާތެއް އިންގޭ ފަރާތެއް ވާނަމަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް ނަންބަރު 9790163 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުލުއްވާ އެމައުލޫމާތު ފުލުހުންނަށް ހިއްސާކުރުމަށް ފުލުހުން އެދެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
