
15 އަހަރަށް ފަހު އީވާ އަށް ގަލޮޅު އުތުރު ގޮނޑި ގެއްލިއްޖެ
15 އަހަރަށް ފަހު އީވާ އަށް ގަލޮޅު އުތުރު ގޮނޑި ގެއްލިއްޖެ
ލިޔުން:
ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަށް އެ ދާއިރާގެ ގޮނޑި 15 އަހަރަށް ފަހު ގެއްލިއްޖެ އެވެ.
މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އީވާއާ ވާދަކޮށް ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އީވާ ވަނީ ބަލި ގަބޫލު ކުރައްވައި ކުޑޫ އަށް މަރުހަބާ ދަންނަވާފައެވެ. މީގެ އިތުރުން އީވާ ވަނީ ވޭތުވެދިޔަ ތަނުގައި ގަލޮޅު އުތުރުން އޭނާއަށް އަށް ދެއްވި އިތުބާރާ ޔަގީންކަމަށް ޝުކުރު ދަންނަވާފައެވެ.
https://twitter.com/evattey/status/1782061848260669848
އީވާ ގަލޮޅު އުތުރަށް އެންމެ ފުރަތަމަ އިންތިހާބުވީ 2009 ވަނަ އަހަރުއެވެ. ވޭތުވެދިޔަ ތިން ދައުރުގައި ވެސް ރައްޔިތުންގެ މަޖިލީހަށް އީވާ އިންތިހާބުވީ އެމްޑީޕީގެ ޓިކެޓުގަ އެވެ. އެއަށްފަހު 20 ވަނަ މަޖިލީހަށް އީވާ ވާދަ ކުރެއްވީ އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އެ ޕާޓީ ދޫކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އުފެއްދެވި ޕާޓީ ދަ ޑިމޮކްރެޓްސް ޕާޓީގެ ޓިކެޓުގައެވެ. މީގެ އިތުރުން އީވާ އަކީ ފެހި ގާނޫނުއަސާސީގެ ދަށުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ދެވަނަ އަންހެން ބޭފުޅާ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
