މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮޖެކްޓް އިފްތިތާހް ކޮށްދެއްވީ ނައިބް ރައީސް ހުސެއިން މުޙައްމަދު ލަތީފް އެވެ.
"އެޑިއުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް" އަކީ ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން އިން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް، ތަފާތު 3 ގްރާންޓެއް ހިމެނޭހެން ލިބިފައިވާ 9.5 މިލިޔަން ޑޮލަރު ގެ ހިލޭއެހީގެ ދަށުން އެކުލަވާލާފައިވާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓަށް ލިބިފައިވާ ފުރަތަމަ ގްރާންޓަކީ ގްރާންޓް އެޖެންޓުގެ ގޮތުގައި ޔުނިސެފު ހަރަކާތްތެރިވާގޮތަށް ހަމަޖެހިފައިވާ 5 މިލިޔަން އެމެރިކާ ޑޮލަރުގެ ސިސްޓަމް ޓްރާންސްފޮމޭޝަން ގްރާންޓެވެ. ދެވަނަ ގްރާންޓަކީ ގްރާންޓް އެޖެންޓުގެ ގޮތުގައި ޔުނިސެފް ހަރަކާތްތެރިވާގޮތަށް ހަމަޖެހިފައިވާ 1.5 މިލިޔަން ޑޮލަރުގެ ސިސްޓަމް ކެޕޭސިޓީ ގްރާންޓެކެވެ. ތިން ވަނަ ގްރާންޓަކީ ގްރާންޓް އެޖެންޓެއްގެ ގޮތުގައި ވަރލްޑް ބޭންކު ހަރަކާތެރިވާގޮތަށް ހަމަޖެހިފައިވާ 3 މިލިއަން ޑޮލަރުގެ މަލްޓިޕްލަޔަރ ގްރާންޓެވެ.މި ޕްރޮޖެކްޓްގެ ދަށުން ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރުމާއި، ޓީޗަރުން ތަމްރީނު ކުރުމާއި، ސުކޫލްތަކަކީ ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ހެދުމާއި، ހަމަހަމަ ކަމާއެކު ހުރިހާ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމާއި، އަދި އިތުރު ސުކޫލުތައް އެޅުމަށް ހަމަޖެހިފައެވެއެވެ.







