މާލެ: 31°C

14 ޔޮޓާ އެކު ސަވާދީއްތަ ދަތުރު، ލަންދޫ އިން މާމިނގިއްޔަށް!

March 1, 2023
2 ފަހަރު ބަލާފައި
14 ޔޮޓާ އެކު ސަވާދީއްތަ ދަތުރު، ލަންދޫ އިން މާމިނގިއްޔަށް!
14 ޔޮޓާ އެކު ސަވާދީއްތަ ދަތުރު، ލަންދޫ އިން މާމިނގިއްޔަށް!
މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އިތިޒާމް ކޮށްގެ ބާއްވާ ޔޮޓް ރެލީ "ސަވާދީއްތަ ދަތުރު" ގެ ދެވަނަ އެޑިޝަން ފަށައި އެެވެ. ސަވާދީއްތަ ދެވަނަ ބުރު 14 ޔޮޓާއެކު މިއަދު ފެށީ ނ. ލަންދޫ ބަނދަރުންނެވެ. އެ ދަތުރު ފަށަން ލަންދޫ ބަނދަރުގައި ބޭއްވި ރަސްމިޔާތުގައި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރާއިދު ވިދާޅުވީ އެ ދަތުރުގައި ޔޮޓްތަކުގެ ދަތުރުވެރިން 19 ދުވަސް ކަނޑުމަތީ ހޭދަކުރާނެ ކަމަށާއި ފަސް އަތޮޅެއްގެ ތެރެއިން ދަތުރުކޮށް ނުވަ ރަށަކަށް މަޑުކުރާނެ ކަމަށެވެ. ޔޮޓްތައް މަޑުކުރާނީ އޭނާ ވިދާޅުވި ގޮތުގައި ޅ. ހިންނަވަރު، ބ. ގޮއިދޫ، އއ. ތޮއްޑޫ، އއ. ރަސްދޫ، އއ. އުކުޅަސް އދ. ދަނގެތި، އދ. ދިގުރަށް އަދި އދ. މާމިނގިއްޔެވެ. އެ ދަތުރުގައި ހަތް ގައުމެއްގެ 14 ޔޮޓް ބައިވެރިވާ އިރު އެ ޔޮޓްތަކުގައި ތަފާތު 13 ގައުމެއްގެ ދަތުރުވެރިން ދަތުރުކުރާނެ އެވެ. ރާއީދު ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދެ ޔޮޓް މިފަހަރުގެ ދަތުރުގައި ބައިވެރި ވުމަކީ ބޮޑު އުފަލެކެވެ. އޭނާ ވިދާޅުވި ގޮތުގައި ސަވާދީއްތަ ދަތުރުގެ ނަމުގައި މިދިޔަ އަހަރު ފުރަަތަމަ ފަހަރަށް ފެށި ޔޮޓް ރެލީ މިހާރު ވެފައި ވަނީ ކާމިޔާބު ހަރަކާތަކަށެވެ. "މި އިވެންޓަކީ މިހާރު ދުނިޔޭގެ ދަތުރުވެރިންގެ މުތަމައާއި ޓޫރިޒަމް އިންޑަސްޓްރީން ބަލައިގަނެފައިވާ ހަރަކާތެއް،" ރާއިދު ވިދާޅުވި އެެވެ. ގަވައިދުން ކޮންމެ އަހަރަކު ބާއްވާ ހަރަކާތެއްގެ ގޮތުގައި އެހަރަކާތް މިހާރު އެސްޓެބްލިޝް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ލޯކަލް ޓުއަރިޒަމް އިސްތިހާރު ކުރުމަށް ބާއްވާ އެ ހަރަކާތުގައި މިފަހަރު ރާއްޖޭގައި ކުޅޭ އެކި ކުޅިވަރުތަކާއި އަދި ރާއްޖޭގެ ކާބޯތަކެތި އިސްތިހާރު ކުރުމަށް ވަނީ ނިންމާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ