ހޯމް ސްކޫލިން ތައާރަފު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ މައިގަނޑު ބޭނުމަކީ އަންހެން ކުދިން ސްކޫލަށް ފޮނުވުން ހުއްޓުވުން ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސް ނަޝީދު ވިދަޅުވީ ޖާރިޔާ ބިލާ ދެކޮޅަށް ނުކުންނަން ޖެހޭ ކަމަށެވެ.
އަދި ސަރުޚާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ތައުލީމާގުޅޭ ބިލުގެ ބޭނުމަކީ އަންހެންކުދިން މަދަރުސާއަށް ނުފޮނުވައި، އެކުދިން ޖާރިއާއިންނަށް ހެދުމުގެ ހީލަތްތެރި ބިލެއް ކަމަށެވެ.
އަދި އެ ބިލާ ދެކޮޅަށް ނިކުތުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ނަޝީދު އިއްޔެ ވިދާޅުވީ ވިދާޅުވީ ހޯމް ސްކޫލިން ތައާރަފު ކުރަން އުޅޭ އިރު، ރާއްޖޭގައި މިހާރު ވެސް 4،000 އަށް ވުރެ ގިނަ ކުދިން ގަވައިދުން ސްކޫލްތަކަށް ނުދާ ކަމަށެވެ.
އެހެންވެ ހޯމް ސްކޫލިންގެ ނަމުގައި ކުރަން އުޅޭ ކަމަކީ ރާއްޖޭގެ ޒުވާން ޖީލު މަގުފުރައްދައި ހަލާކު ކުރުން ކަމަށެވެ.







