ހުޅުމާލޭގެ ފިހާރައެއްގައި ވިއްކަންހުރި އެހެން ދީނެއް ރަމްޒުވާ ފަދަ ޕޮޓް ތަކެއް ނަގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް-2 ގެ ފިހާރައެއްގައި އެހެން ދީނެއް ރަމްޒުވާފަދަ ޕޮޓްތަކެއް ވިއްކަންހުރި ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވި މައުލޫމާތަކާ ގުޅިގެން މި މަހުގެ 4 ވަނަ ދުވަހުގެ 18:15 ހާއިރު ފުލުހުން އެ ފިހާރައަށް ގޮސް އެފަދަ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން އެ ފިހާރާގައި ހުރި އެފަދަ 6 ޕޮޓެއް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.







