2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަކުރާނެ ރިޔާސީ ކެނޑިޑޭޓަކު ހޮވުމަށް އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީގަ ވާދަކުރައްވާނެކަން ކުރީގެ ނައިބްރައީސް ފައިސަލް ނަސީލް ހާމަކުރައްވައިފި އެވެ.
ސޯޝަލް މީޑިއާގައި ވިދާޅުވީ އެންޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެމަނުިކުފާނު ނިންމަވާފައިވާކަމަށާއި، އެކަމުގައި އެޕާޓީގެ އާންމު މެންބަރުންގެ ތާއީދަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަޅުގަނޑު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ނިންމައިފިން. އެމްޑީޕީގެ ލޮބުވެތި މެމްބަރުންގެ އިޚްލާސްތެރި ތާއީދަށް އެދި ދެންނެވިން." ފައި ސަލް އެކްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުން އެ ޕޯސްޓުގައި ހޭޝްޓެގް ފައިސަލްއާޒިމް2028 ވެސް ޖައްސަވާފައި ވެއެވެ.
އެހެންކަމުން ރިޔާސީ ޕްރައިމަރީ ފައިސަލްއަށް ކާމިޔާބުކުރެވިއްޖެ ނަމަ އޭނާގެ ރަނިންގމެޓްގެ ގޮތުގައި ހަމަޖައްސާނީ މާލޭސީޓީގެ މޭޔަރު އާދަމް އާޒިމް ކަމަށް ބެލެވެ އެވެ. ފައިސަލް މިގޮތަށް އެކްސްގައި ޕޯށްޓްކުރައްވާފައި މިވަނީ ފައިސަލް އަށް ރިޔާސީޓިކެޓް ލިބިވަޑައިގެންފިނަމަ ރަނިންމޭޓުގެ ގޮތުގައި ކަނޑައަޅުއްވާނީ އާދަމް އާޒިމް ކަމަށް ވަރަށްގިނަ ފަރާތްތަކުން ބުނަމުންދަނިކޮށެވެ.
އަދި މީގެ ކުރިން ޝޯސަލްމީޑިއާގެ ބައެއް ޕްލެޓް ފޯމް ތަކުގައިވެސް ފައިސަލްއާއި އާޒިމްގެ ޕޯސްޓަރުތައް ވަނީ ދައުރުކުރަން ފަށާފައެވެ.
އެހެންކަމުން މިހާތަނަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި 3 ފަރާތަތކުން ވާދަކުރައްވާނެކަން މިވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އާއި، ނިމިދިޔަ ސަރުކާރުގެ ނައިބްރައީސް ފައިސަލް ނަސީމް އެވެ.
ފައިސަލް ނަސީމް އަކީ ޖުމްހޫރީ ޕާޓީގެ ސްލެޓެއްގައި ކުރީގެ ސަރުކާރުގެ ނައިބްރައިސް އަކަށް ހަމަޖެއްވި ބޭފުޅެކެވެ.







