މާލެ: 31°C
ގދ އަތޮޅުގެ ރަށްތަކަށް މަސްތުވާތަކެތި ޑެލިވަރީކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ގދ އަތޮޅުގެ ރަށްތަކަށް މަސްތުވާތަކެތި ޑެލިވަރީކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

8 އޮކްޓޫބަރު 2026
127 ފަހަރު ބަލާފައި

ގދ. އަތޮޅަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާލެއިން ހުވަދު އަތޮޅަށް ދަތުރު ކުރަމުންދާ ބޯޓެއްގައި މީހަކު ގދ. އަތޮޅުގެ އެކި ރަށްރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ގދ. ވާދޫ، ދިލްކުޝާގެ / މުޙައްމަދު ނިޝާދު (41އ) ހައްޔަރުކޮސްފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށްފައި ވަނީ ތިނަދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ކަމަށާއި،  އޭނާ ހައްޔަރުކޮށް ބަަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ތަކެތީގެ ވަގުތީ ބަރުދަނަކީ 37.99 ގުރާމެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 90 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ