ރައީސް މުއިއްޒު ވެރިކަމުގައި ވެރިކަމުގައި އިތުރަށް އެންމެ ދުވަހަކު ބެހެއްޓުމަކީވެސް ގައުމަށް އިޔާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ވެދާނެ ކަމެއްކަމަށް ކުރީގެ ބަންޑާރަނައިބް ޑރ މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް ޔާމީންގެ އަރިހުގައި އައްޑުއަށް ވަޑައިގެން ޕީއެންއެފް އިން ރޭ އައްޑޫ ހިތަދޫގަ ބޭއްވި ޖަލްސާގަ ވަހަކަދައްކަވަމުން ޑރ މުނައްވަރު ވިދާޅުވީ ރައީސް ޑރ މުއިއްޒު އަކީ ގައުމެއްގެ ވެރިކަން ކުރުމުގެ ކެޕޭސިޓީ ނެތް ބޭފުޅެއް ކަމަށާއި، ރައީސް މުއިއްޒު ވެރިކަމުގައި ވެރިކަމުގައި އިތުރަށް އެންމެ ދުވަހަކު ބެހެއްޓުމަކީވެސް ގައުމަށް އިޔާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ވެދާނެ ކަމެއް ކަމަށެވެ.
އެހެންކަމުން ވީހާ އަވަހަކަށް މި ގައުމުގެ ވެރިކަމުން ރައީސް މުއިއްޒު ދުރުކުރަންޖެހޭ ކަމށާއި، އެކަން އެގޮތަށް ނުކޮށްފިނަމަ ގައުމު އަތުނުޖެހޭނެ ކަމަށާއި ގައުމުގައި ހުރި ގައުމީ ސިފަތައް މިހާރު ވެސް އޮތީ އަތުނުޖެހޭ ހިސާބުގައި ކަމަށް ޑރ މުނއްވަރު ވިދާޅުވި އެވެ.
އިތުރަށް ޑރ މުނަށްވަރު ވިދަޅުވީ އެހެންކަމުން ޑރ މުއިއްޒު ވެރިކަމުގައި އިތުރަށް ބަހައްޓައިފިނަމަ މާދަމާގެ ހާލަތު ނޭނގޭ ކަމަށާއި، ރައްޔިތުން މިކަމާ ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ.







