މަސްތުވާތަކެތީގެ ބޭނުންކުރާ މައްސަލާގައި ހައްޔަރުކުރި ފިލްމް ސްޓާރުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މައްސަލައެއްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވިލިމާލެއިން ހައްޔަރުކުރުކޮސްފައިވަނީ ފިމްމީ ދާއިރާގެ ފަންނާނުންކަމަށްވާ އަހްމަދު އަޒްމީލް (އަޒޭ) އާއި އިސްމާއީލް ޖުމައިހް (ޖުމާން) އާއި މުހައްމަދު ވިޝާލް (ރޯމަން) އަދި ޝާހިލް މުހައްމަދު އެވެ.
ކޯޓުގައި ފުލުހުން ބުނީ އެ މީހުން މަސްތުވާތަކެތީގެ ބާވަތްތައް ކަމަށްވާ އެމްއޭޕީ އާއި ސީއޭޓީ އަދި ޓީއެޗްސީއަށް ޕޮޒިޓިވްވެފައިވާކަމަށެވެ.
އަދި އެމީހުން ހައްޔަރުކުރި ކޮޓަރީގައި ހުރި މޭޒެއްގެ މަތީގައި މަސްތުވާތަކެތި ހާމައަށް ހުރިކަން އެ އޮޕަރޭޝަނުގައި ސީންއަށް ދިޔަ ފުލުހުންގެ ބަޔާނުގައިވެސް ބުނެފައި ވެއެވެ.







