މަސްތުވާތަކެތި ބޭނުންކޮށް، ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ފުވައްމުލައް ސިޓީން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީމި މަހު 8 ވަނަ ދުވަހު ފުވައްމުލައް ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ޏ. ފުވައްމުލައް، ދަޑިމަގު. އޮފުވެލި / މުޙައްމަދު ޢަމީރު (37އ) ހައްޔަރުކޮސްފައިވާ ކަމަށެވެ.
އަދި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރަން ގެންގުޅޭކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 23 ގުރާމް ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.







