މާލެ: 31°C
އުމުރަށް ޖަލަށްލާފައިހުރި އައްޑޫސިޓީގެ އެންމެ ބޮޑު ޑްރަގް ލޯޑް މިނިވަންކުރުމަށްފަހު ހައްޔަރުކޮށްފި

އުމުރަށް ޖަލަށްލާފައިހުރި އައްޑޫސިޓީގެ އެންމެ ބޮޑު ޑްރަގް ލޯޑް މިނިވަންކުރުމަށްފަހު ހައްޔަރުކޮށްފި

6 އޮކްޓޫބަރު 2026
1529 ފަހަރު ބަލާފައި

އުމުރަށް ޖަލަށްލާފައިހުރި އައްޑޫސިޓީގެ އެންމެ ބޮޑު ޑްރަގް ލޯޑް އިބްރާހިމް ރަޝީދު (އަބުޗާ) މިނިވަންކުރުމަށްފަހު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

އޭނާ މިނިވަންކޮށްފައިވަނީ ޕެރޯލްގެ ޤާނޫނުގެ ދަށުންކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފައި ވެއެވެ.

ހޯމް މިނިސްޓަރު އަލީ އިޙްސާން އާއި ކޮމިޝަނަރު އޮފް ޕޮލިސް އާއި ކޮމިޝަނާ އޮފް ޕްރިޒަންސް މިއަދު ބޭއްވި ނޫސްވެެރީންގެ ބައްދަލްވުމުގައިވަނީ ޕެރޯލްގެ ނިންމުން އަލުން މުރާޖައާކުރަން އަންގާފައިވާކަން ހާމަކުރައްވާފައެވެ.

އަދި އޭގެ ފަހުން ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް ފުލުހުންނަށް އެކަން އެންގުމުން މިއަދު ހަވީރު 4:48 ހާއިރު އަބުޗާ އަލުންވަނީ ހައްޔަރުކޮށްފައެވެ.

ފުލުސް އޮފީހުން ކުރިން އާއްމުކޮށްފައިވާގޮތުން އަބުޗާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި 9 ފަހަރަކު ހައްޔަރުކޮށްފައިވާ މީހެކެވެ.

މީގެ އިތުރުން އޭނާއަކީ ގުރޫޕް ހަދައިގެން ރޭޕްކުރުމުގެ މައްސަލައެއްގައްޔާއި, މާރާމާރީ ހިންގުމުގެ 2 މައްސަލައަކާއި ނުރުހުމުގައި ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައަކާއި އަމުރަށް ނުކިޔަމަންތެރިވުމުގެ 2 މައްސަލައެއްގައިވެސް ހައްޔަރުކޮށްފައިވާ ފަރާތެއްކަމަށް ކުރިން ފުލުހުން ބުނެފައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ