12 ކިލޯގެ މަސްތުވާތަކެއްޗާއެކު ތައިލެންޑުގެ ވެރިރަށް ބެންކޮކުން 2 ދިވެހިން ހައްޔަރުކޮށްފި އެވެ.
އެގައުމުގެ މީޑިއާތަކުން ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާގޮތުން މި މަހުގެ 4 ވަނަ ދުވަހު 12 ކިލޯގެ މަސްތުވަތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ ދިވެހި ރައްޔިތުންކަމަށްވާ އުމުރުން 46 އަހަރުގެ އަލީ ރަޝީދު ކިޔަމީހަކާއި، އުމުރުން 34 އަހަރުގެ މުހައްމަދު ވިސާމް ކިޔާ މީހެކެވެ.
އަދި އެގައުމުގެ ފުލުހުން ބުނެފައިވަނީ ބެންކޮކުގެ ޕްރަތުނާމް ސަރަހައްދުން އެ މީހުން ހައްޔަރުކުރީ އެ މީހުން ގެންދިޔަ ޕާރުސަލްތަކަކާމެދު ޝައްކު އުފެދިގެން ކުރި ރިޕޯޓަކާއި ގުޅިގެން ބަލައި ފާސްކުރިއިރު މަސްތުވާތަކެތީގެ ބާވަތްތަކެއް ކަމަށްވާ ކްރިސްޓަލް މެތް އަދި ގިނަ އަދަދެއްގެ ކެނެބިސް ފެެނުމާއި ގުޅިގެން ކަމަށާއި، ފެންބޯން ބޭނުންކުރާ ފުޅިތަކަކާއި ހެދުންތަކެއްގައި ފޮރުވާފައި ހުރި އެތަކެތީގެ ބަރުދަނުގައި 12 ކިލޯ ހުރި ކަމަށެވެ.
އެގޮތުން 2.37 ކިލޯގެ ކްރިސްޓަލް މެތް އަދި 10 ކިލޯގެ ކެނެބިސް ފެނިފައިވާ ކަމަށާއި، އެތަކެއްޗަކީ އެމީހުންގެ ތަކެތި ނޫންކަމަށާއި އޭގެ ތެރޭގައި އެތަލެތި ހުރިކަން އެމިޙުންނަށް ނޭނގޭ ކަމަށް ފުލުހުންގާތު ބުނިކަމަށް ތައިލެންޑްގެ ފުލުހުން ބުނެފައި ވެއެވެ.







