މާލެ: 31°C
ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި

ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި

24 ސެޕްޓެންބަރު 2026
82 ފަހަރު ބަލާފައި

ވައިގެމަގުން ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މަހުގެ 20 ވަނަ ދުވަހު ފުވައްމުލައް ސިޓީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ފުވައްމުލައް ސިޓީ އެއާޕޯޓު ތެރެއިން ޏ. ފުވައްމުލައް، ކިނާރާ / ޢަބްދުﷲ މުޙައްމަދު (57އ) ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ކޮތަޅުތަކެއް ފެނިފައިވާތީ އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 68 ގުރާމް ހުރި ކަމަށާއި، މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 20 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ