ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއްގެ މިންވަރުވެސް ބޭރު ފަރާތަކަށް ނުވިއްކާ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެ ހަސަން ޒަރީރު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ ޒަރީފު ވިދާޅުވީ ރަސްމާލޭގައި ވޯޓާ ފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް ދިވެލޮޕްމަންޓްތަށް ހިމެނޭހެން 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ޔުނައިޓެޑް އަރަބް އެމިރޭޓްްސްގެ އީގަލް ހިލްސް ކުންފުންޏާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
އެ އެއްބަސްވުމުގެ ތަފްސީލް ދެއްވަމުން މިނިސްޓަރ ޒަރީރް ވިދާޅުވީ އީގަލް ހިލްސް އާއިއެކު ސޮއިކުރި އެއްބަސްވުމަކީ ރިސޯޓްތައް ހިންގަން 99 އަހަރަށް ރަށްރަށް ކުއްޔަށް ދޭ އުސޫލުން ބިން ކުއްޔަށް ދިނުމުގެ އެއްބަސްްވުމެއް ކަމަށާއި، މި ޕްރިޖެކްޓްވެސް ހިންގަނީ ރާއްޖޭގެ މިހާރުގެ ލީގަލް ފްރޭމްވޯކް ތެރެއިން 99 އަހަރާ ހަމައަށް ބިން ކުއްޔަށް ދީގެން ކަމަށެވެ.
އަދި ރާއްޖޭގެ ބިމުން އެންމެ އަކަފޫޓެއް ވެސް ބޭރު ބަޔަކަށް ނުވިއްކާނެކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ކަމަށާއި ސަރުކާރުން އެކަން ދަމަހައްޓާނެ ކަމަށްވެސް މިނިސްޓަރ ޒަރީރް ވިދާޅުވި އެވެ.







