މާލެ: 31°C
އެއްވެ އުޅުމަށް ރާއްޖޭގައި މިހާރު އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

އެއްވެ އުޅުމަށް ރާއްޖޭގައި މިހާރު އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

16 ސެޕްޓެންބަރު 2026
89 ފަހަރު ބަލާފައި

މި ޤައުމުގައި މިހާރު އެއްވެ އުޅުމަކަށް އެއްވެސް ހުރަހެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަތީ މަޖިލިސް ހުޅުވައިދެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ މި ޤައުމުގައި މިހާރު އެއްވެ އުޅުމަކަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި، ކުރިއަށް ވުރެ ގިނަ ތަންތަނަކަށް ކުރީބައިގައި އެންގުމެއް ނެތި އެއްވެވޭނެ ކަމަށެވެ.

މީގެ އިތުރުން އެގޮތުން ސިޔާސީ މަސައްކަތްކުރައްވާ އެއްވެސް ފަރާތަކަށް ނުވަތަ ސިޔާސީ ލީޑަރަކަށް ސިޔާސީ މަސައްކަތް ކުރެއްވުމަށް އެއްވެސް ހުރަހެއް މިހާރު ނޯންނާނެ ކަމަށާއި، އެމަނިކުފާނުގެ ސިޔާސަތަކީ ވަށާޖެހޭ ހަޤީޤީ ހަމަޖެހުން ގެނެސް ދިނުން ކަމަށްވެސް ވިދާޅުވި އެވެ.

ނަމަވެސް ދިވެހީންނަކީ މުސްލިމުން ކަމަށާ ވާހަކައެއް ދެއްކި ނަމަވެސް ސިޔާސީ މަސައްކަތެއް ކުރިނަމަވެސް އަދި އެއްޗެއް ލިޔެ ޝާޢިއުކުރި ނަމަވެސް މުސްލިމަކަށްވީތީ ހިފަހައްޓަން ޖެހޭ މިންގަނޑުތަކެއް އޮންނާނެ ކަމަށެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް އެއްވެސް ހުރަހެއް ނެތް. ހަމައެކަނި، އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަން ޖެހޭނެ އަޅުގަނޑުމެންނަށް އަބަދުވެސް އޮންނަ ހުރަހެއް އޭގައި އޮންނާނެ. އެއީ އަޅުގަނޑުމެންނަކީ މުސްލިމުންނަށްވީތީ اللّه سُبْحَانَهُ وَتَعَالَىٰ އެންގެވި މިންގަނޑުގެ ތެރޭގައި އޮންނަން ޖެހޭނީ،" ރައީސް ޑރ މުއިއްޒު ވިދާޅުވި އެވެ.

އެހެންކަމުން އެ މިންގަނޑުގެ ތެރޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް އެއްވެސް ހުރަހެއް މިއަދު ނޯންނާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ