ފުރްގާން މިސްްކިތް ތެރެއަށް ބޮޑުކަމުދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުރްގާން މިސްްކިތުގެ ހުރުމަތް ކަނޑައި އެތާގެ ތެރެއަށް ބޮޑުކަމުދިޔަ ފިރިހެނަކު ހައްޔަރުކޮށްފިއެވެ،
ފުލުހުން ބުނީ މި މަހުގެ 11 ވަނަ ދުވަހުގެ ފަތިހު 04:14 އެހައިކަންހާއިރު ފުރްގާން މިސްކިތަށް ވަދެ، މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް މިސްކިތުގެ ތެރެއަށް ގަޟާއުޙާޖާކުރިކަމުގެ ތުހުމަތުގައި ގ. މާލެހިޔާ 2 02-13 / މާލެ، ނައުޝާދު މޫސާ (32އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.







