މާލެ: 31°C
ހީވަނީ ރާއްޖޭގެ ވެރިކަން ކުރެވުނުކަން ރައީސް ޔާމީން ހަނދާން ނެތްހެން: ސައުދު

ހީވަނީ ރާއްޖޭގެ ވެރިކަން ކުރެވުނުކަން ރައީސް ޔާމީން ހަނދާން ނެތްހެން: ސައުދު

12 ސެޕްޓެންބަރު 2026
39 ފަހަރު ބަލާފައި

ރައީސް ޔާމީން ދައްކަވާ ވާހަކަފުޅުން ހީވަނީ އެބޭފުޅާ އަދި ރާއްޖޭގެ ވެރިކަން ނުކުރައްވާ ކަމަށާއި، އަދި ރާއްޖޭގަ ވެރިކަން ކުރެވުނުކަން އެމަނިކުފާނުގެ ހަނދާނުގައި ނެތްހެން ކަމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގއ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސްއުދު ވިދާޅުވީ ޕްރޮސިއުޓަރ ޖެނެރަލްގެ މިނިވަންކަމާ ގުޅޭގޮތުން ރައީސް ޔާމީން ޕޯޓިއަމް ތަކުގައި ވާހަކަދައްކަވާތަން ފެނުމުން ހިތަށް އަރަނީ ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅުން އެ ބޭފުޅުން ރާއްޖޭގެ ވެރިކަން ކުރެއްވިކަން މަތިން ހަނދާން ނެތެނީ ކަމަށެވެ. ނޫނީ ރައްޔިތުންނަކީ މޮޔައިންކަމަށް ދެކި ހަމަ ހިތުހުރިގޮތަކަށް ވާހަކަދައްކަނީ ކަމަށެވެ.

އެގޮތުން 2013 އިން 2018 އަށް ރާއްޖޭގެ ވެރިކަންކުރައްވާފައިވާ ބޭފުޅަކު މިހާރު ދައްކަވާ ވާހަކަފުޚުރަކުން ހީވަނީ އެމަނިކުފާނު މި ގައުމުގެ ވެރިކަން އަދި ނުކުރައްވާ ކަމަށް ކަމަށާއި، ނަމަވެސް އެ ބޭފުޅާ މިގައުމުގައި ކުރެއްވި ވެރިކަމުގައި އެ ބޭފުޅާއާއި ހިޔާލުތަފާތު އެންމެން ފްރޭމްކޮށް ހިފާ ހައްޔަރުކޮށް ސިޔާސީ ގިނަ ބަޔަކު ވަނީ ޖަލަށް ލާފައި ކަމަށެވެ.

ޕްރޮސެކިއުޓަރ ޖެނަރަލްގެ ވާހަކަ ރައީސް ޔާމީން ދައްކަވާ އަޑު އިވުމުން ހިތަށް އަރައެވެ، މިހާރު ދިވެހި ރާއްޖޭގައި ފަހުގެ ތާރީޚްގައި ވެރިކަން ކޮއްފައިވާ ބައެއް ބޭފުޅުންނަށް އެބޭފޫޅުން ވެރިކަން ކުރެއްވި ގޮތް ހަދާންނެތުނީތޯއެވެ، ނޫނީ ރައްޔިތުންނަކީ މޮޔައިން ކަމަށް ދެކި ހިތުހުރި…

— Saud Hussain (@SaudVillingili) September 11, 2026

މީގެ އިތުރުން ރައީސް ޔާމީން ކުރެއްވި ވެރިކަމަކީ ދިވެހި ތާރީޚްގައި ކޮށްފައިވާ އެންމެ އަނިޔާވެރި، ކޮރަޕްޓް، އަދި ޚުދުމުޚްތާރު ވެރިކަން ކަމަށްވެސް ސައުދު ވިދަޅުވެފައި ވެއެވެ.

އަދި މިއީ ވިސްނާ ބަޔަކަށް އިބުރަތަކަށް ވާނެ ކަމަސްވެސް ސައުދު ވިދާޅުވެފައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ