މާލެ: 31°C
ބުރިޖަށް 2 ބޯޓު އުރުނު ހާދިސާއާއި ގުޅިގެން ރެނދުލުން ފަދަ ކުދިކުދި ގެއްލުންވި: ޗައިނާ ސަފީފު

ބުރިޖަށް 2 ބޯޓު އުރުނު ހާދިސާއާއި ގުޅިގެން ރެނދުލުން ފަދަ ކުދިކުދި ގެއްލުންވި: ޗައިނާ ސަފީފު

12 ސެޕްޓެންބަރު 2026
56 ފަހަރު ބަލާފައި

މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާގައި ސިނަމާލެ ބްރިޖަށް 2 ބޯޓު އުރުނުު ހާދިސާއާއި ގުޅިގެން ރެނދުލުން ފަދަ ކުދިކުދި ގެއްލުން ވެފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސޓުގައި ޗައިނާގެ ސަފީރު ވިދޅުވީ އޮޔާދިޔަ 2 ބޯޓެއް ބުރިޖުގައި ޖެހި ހިނގި ހާދިސާއާއި ގުޅިގެން ޗައިނާގެ ކަމާގުޅޭ މާހިރުންގެ ޓީމަކުން ވަނީ ބްރިޖުގެ ފުރިހަމަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.

އަދި ރޭ އެ މަސައްކަތް ފަށާ ނިންމާލިއިރު ބްރިޖުގެ މައި ސްޓްރަކްޗަރަށް އެއްވެސް ގެއްލުމެއް ވެފައިނުވާކަން ޔަޤީން ކުރެވިފައިވާ ކަމަށްވެސް ޗައިނާގެ ސަފީރު ވިދާޅުވެފައި ވެއެވެ.

އަދި މީގެ އިތުރުން ސަފީރު ވިދާޅުވީ ރެނދުލުން ފަދަ ކުދިކުދި ގެއްލުން ވެފައިވާ ކަން ފާހަގަ ކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް 2 ގައުމުން ގުޅިގެން މަސައްކަތް ކުރުމަށްވެސް ސަފީރު ވަނީ އެދިވަޑައިގެންފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ