ވައްކަމުގެ މައްސަލައެއްގައި 2 މީހަކު ދެނެގަންނަން އާންމުންގެ އެހީތެރިކަށް ފުލުހުން އެދިފި އެވެ.
ވީޑިއޯ އެއް އާންމުކޮށް، ފުލުހުން ބުނެފައިވަނީ އެ ވީޑިއޯ އިން ފެންނަ 2 މީހުންނަކީ ހުޅުމާލެ ފޭސް 2 ޕޮލިހުން ތަހުގީގު ކުރަމުންދާ، ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެ 2 މީހުންނަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ ދެމީހުން ކަމަށެވެ.
އެހެންކަމުން އެ ވީޑިއޯއިން ފެންނަ 2 މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.







