މާލެ: 31°C
ފެންފުށީގަ މަސްތުވާތަކެތި ވިއްކާ މީހަކު ހައްޔަރުކޮށްފި

ފެންފުށީގަ މަސްތުވާތަކެތި ވިއްކާ މީހަކު ހައްޔަރުކޮށްފި

August 19, 2026
120 ފަހަރު ބަލާފައި

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އދ. ފެންފުށިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މި މަހު 17 ވަނަ ދުވަހު އދ ފެންފުށި  ހިންގި އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެރަށު ލާސްޓްބީޗް / ހަމްޒަތު މުޙައްމަދު (40އ) ހައްޔަރުކށްްފައިވާ ކަމަށެވެ.

އިތުރަށް ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 13 ކަރުދާސްކޮޅާއި، މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާތީ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ