މޯލްޑިވިއަނުން ފަތުރުވެރިންނަށް ޓިކެޓްވިއްކާއަގު ކުޑަކުރަން ކެބިނެޓުން ނިންމައިފި އެވެ.
އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓްކުރާ މޯލްޑިވިއަން އެއާލައިނުން ފަތުރުވެރިންގެ އަތުން ނަގާ ވައިގެ ދަތުރުފަތުރުގެ ޓިކެޓު ފެއާ މުރާޖައާކޮށް އަގުކުޑަކުރަން ކެބިނެޓުން ނިންމާފައިވަމީ މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ކެބިނެޓް މީޓިންގ ގައެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ތަފާސްހިސާބުން ދައްކާ ގޮތުން މިއަހަރުގެ 2 ވަނަ ކުއާޓާގައި އައިލެންޑް އޭވިއޭޝަނަށް 46.36 މިލިއަން ރުފިޔާގެ ގެއްލުމެއް ވަނީ ވެފައެވެ.
ކެބިނެޓުން މި ނިންމުން ނިންމާފައިވާ ސަބަބު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.







