މާލެ: 31°C
ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

18 އޯގަސްޓު 2026
320 ފަހަރު ބަލާފައި

ވަތަނީ ޙިދުމަތުގެ ޓްރެއިނިންގ ފުރިހަމަ ކޮޑްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް، އެސިސްޓަންޓް ކަސްޓަމްސް އޮފިސަރ ޓްރޭނީގެ މަގާމަށް 26 މުވައްޒަފުން ހޯދަން މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އިއުލާނުކޮސްފި އެވެ.

ކަސްޓަމްސް އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެ ސާވިސްގެ އެސިސްޓަންޓް ކަސްޓަމްސް އޮފިސަރ ޓްރޭނީގެ މަގާމަށް 26 މުވައްޒަފުން ހޯދަން ބޭންުންވާ ކަމަށާއި އެ މަގާމަށް އެދޭ ފަރާތްތަކުން އަންނަ ހޯމަދުވަހުގެ (25 އޯގަސްޓް 2026) މެންދުރުފަހު 14:00 ގެ ކުރިން ވަޒީފާއަށް އެދި ހުށަހަޅަންވާނެ

އަދި އެ އިއުލާނުގައި ބުނެފައިވަނީ ވަޒީފާއަށް ނެގުމުގައި ތައުލީމީ ފެންވަރަށް ރިއާޔަތްކުރުމާއެކު ޖިސްމާނީ ގާބިލުކަން ބެލުމަށް އިމްތިހާނެއް ހަދާނެކަމަށާއި، އަދި ސަރުކާރުން ކުރިއަށްގެންދާ ވަޠަނީ ޚިދުމަތުގެ ޕްރޮގުރާމު ފުރިހަމަކޮށް ދަސްވެނިވި ދަރިވަރުންނަށް މި ވަޒީފާއަށް އެދި ހުށަހެޅޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ވަޒީއަށް ކުރިމަތީ ފަރާތްތަކުގެ ޝަރުތުތަކުގެ ތރޭގައި ހިމެނެނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށް ވުމާއި، ސާނަވީ އިމްތިހާނުގައި ތިން މާއްދާއިން ދަށްވެގެން "ޑީ" ލިބުމާއެކު، ދިވެހިން "ސީ"އެއް ލިބިފައި އޮތުން ނުވަތަ ކަސްޓަމްސްގެ މަސައްކަތްތަކާ ގުޅުންހުރި ދާއިރާއަކުން ލެވެލް 3 ގެ ސަނަދެއް އޮތުމާއެކު ސާނަވީ އިމްތިހާނުގައި ދިވެހިން ދަށްވެގެން "ސީ" ފާހެއް ލިބިފައި އޮތުން ނުވަތަ ދިވެހިރާއްޖޭގެ ވަތަނީ ހިދުމަތުގެ ޕްރޮގުރާމު ނުވަތަ ކަސްޓަމްސްއާ ގުޅުންހުރި ގައުމީ ޕްރޮގުރާމެއް ފުރިހަމަކޮށް ދަސްވެނިވެ ސަނަދު ހާސިލުކޮށްފައި ވުމެވެ.

ކަސްޓަމްސްގެ ވެބްސައިޓުގެ ރެކްރޫޓުމެންޓު ޕޯޓަލް މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ މި ވަޒީފާގެ އަސާސީ މުސާރައަކީ 5،000 ރުފިޔާއެވެ. އަދި އެލަވެންސްގެ ގޮތުގައި 4،660 ރުފިޔާއާއި ހާޒިރީ އެލެވެންސްގެ ގޮތުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް 75 ރުފިޔާގެ އިނާޔަތެއް ލިބޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި
ހަބަރު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް
ހަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް
ހަބަރު

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި
ހަބަރު

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި

އީގަލް ހިލްސް ޕްރޮޖެކްޓުގެ ވަށައިގެންވާ ހުރިހާ ކަމެއް ރައްޔިތުންނަށް ހާމަކޮށްފައިނޫނީ އެ މަޝްރޫއު ކުރިއަށް ނުގެންދަން ފައްޔާޒު ގޮވާލައްވައިފި
ހަބަރު

އީގަލް ހިލްސް ޕްރޮޖެކްޓުގެ ވަށައިގެންވާ ހުރިހާ ކަމެއް ރައްޔިތުންނަށް ހާމަކޮށްފައިނޫނީ އެ މަޝްރޫއު ކުރިއަށް ނުގެންދަން ފައްޔާޒު ގޮވާލައްވައިފި

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ