ކަނަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި އެވެ.
50 މިލިއަން ޑޮލަރުގެ ލޯނެއް އެ ބޭންކުން ރާއްޖެއަށް ދޭން ނިންމާފައިވާކަން އެ ބޭންކުން މިއަދު ވަނީ ހާމަޖކޮށްފައެވެ. އަދި އެ ބޭންކުން ބުނީ ރާއްޖެއަށް ދޫކުރަން ނިންމި އެލޯނަކީ ތެލުގެ އިމްޕޯޓަށް އެހީތެރިވެދީ، ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހިންގާ އެނާޖީ ސެކިއުރިޓީ އިމަޖެންސީ އެސިސްޓެންޓް ޕްރޮޖެކްޓްގެ ދަށުން ދޫކުރާ ލޯނެއް ކަމަށެވެ.
އޭޑީބީ އިން މި ލޯނު ދޫކުރަން ނިންމާފައި މިވާ ދަނޑިވަޅަކީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލިފައިވާ ދަނޑިވަޅެއް ކަން ފާހަގަކުރެވެއެވެ. އަދި އެ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީ ކަނެކްޝަން ފްލައިޓްތަކުން ރާއްޖެއަށް ދަތުރުތައް ކުރުން ވަރަށްބޮޑަށް މަދުވެފައިވާއިރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ނިސްބަތްވެސް ވަނީ ދަށަށް ގޮސްފައެވެ.
2024 ވަނަ އަހަރުވެސް އެ ބޭންކުން ރާއްޖެއަށް ވަނީ 4 މިލިއަން ޑޮލަރުގެ ލޯނެއް ދޫކޮށްފައެވެ. އެ ލޯނަކީ އެންހޭންސީން ކްލައިމެޓް ފެޒިލިއެންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓަށް ދޫކޮށްފައިވާ ލޯނެކެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއިން ވނީ އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވަލޮޕްމެންޓް (އޮފިޑް) އިން 40 މިލިއަން ޑޮލަރުގެ ލޯނަކާއި އިންޓަނޭޝަނަލް ޑިވަލޮޕްމެންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ނަގާފައިވާ 40 މިލިއަން ޑޮލަރުގެ ލޯނެއް ގެ އިތުރުން އޭޑީބީން ކުރިން ނަގާފައިވާ 4 މިލިއަން ޑޮލަރުގެ ލޯނާއެކު އަދި މިހާރު ހަމަޖެހިފައިވާ 50 މިލިއަން ޑޮިލަރުގެ ލޯނާއެކު 94 މިލިއަން ޑޮލަރުގެ ލޯނު ނަގާފައެވެ.







