މާލެ: 31°C

'ޗާލު ވެށި–މަގޭ ޒިންމާ' ގެ ނަމުގައި ސްޓެލްކޯއިން ހާއްސަ ޙަރަކާތެއް ފަށައިފި

November 30, 2024
62 ފަހަރު ބަލާފައި
'ޗާލު ވެށި–މަގޭ ޒިންމާ' ގެ ނަމުގައި ސްޓެލްކޯއިން ހާއްސަ ޙަރަކާތެއް ފަށައިފި
'ޗާލު ވެށި–މަގޭ ޒިންމާ' ގެ ނަމުގައި ސްޓެލްކޯއިން ހާއްސަ ޙަރަކާތެއް ފަށައިފި

'ޗާލު ވެށި–މަގޭ ޒިންމާ' ގެ ނަމުގައި ސްޓެލްކޯއިން ހާއްސަ ޙަރަކާތެއް ފަށައިފިއެވެ.

'ޗާލު ވެށި–މަގޭ ޒިންމާ' ގެ ނަމުގައި ސްޓެލްކޯއިން މިއަދު ފަށާފައިވާ ހާއްސަ ޙަރަކާތަކީ އެކުންފުނީގެ  ސަބް-ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، ސާފުކުރުމަށް އެކުންފިން ފަށާފައިވާ ޙަރަކާތެއްކަމަށް އެކުންފުނިން ބުނެއެވެ.

އެ ޙަރަކާތް މިއަދު ހެނދުނު ފައްޓަވާދެއްވާފައިވަނީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމާއި، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އަދި މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އެވެ.

މާލޭގައި އެތައް ޒަމާނެއްވަންދެން މަތިމައްޗަށް އިސްތިހާރު ތަކާއި އެކިކަހަލަ ރުދާސްތައް ހިއްޕާހފަހުރި އެ ކުންފުނީގެ ސަބް-ސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމަށް ސްޓެލްކޯގެ މުވައްޒަފުން އިސްނަގައިގެން ހިންގާ ޕްރޮގްރާމަކީ މާލޭގެ ވެއްޓަކީ ރީތި ހިތްފަސޭހަ ވެއްޓަކަސް ހެދުމަށް ފަރުދީ ޒިންމާ އަދާކުރުމަށް ބާރުއަޅައި ހިންގަން ފަށާފައިވާ 'ޗާލު ވެށި – މަގޭ ޒިންމާ' ކެމްޕެއިންގެ ތެރެއިން އެ ކުންފުނީގެ މުވައްޒަފުންގެ ޒިންމާ އަދާކުރުމަށް މިއަދު ކުރިއަށްގެންދާ ޚަރަކާތެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ