ގެދޮރުވެރިޔާ އާއި ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓް އާންމު ކުރުމަށް ރައީސް އޮފީހުގައި މިހާރު ކުރިއަށް ދާ ޕްރެސް ކޮންފަރެންސްގައި ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ މިއަދު އިއުލާން ކުރަނީ ބިންވެރިޔާ ޕްރޮގްރާމަށް ކުރިމަތިލީ ވަގުތީ ލިސްޓެއް ކަމަށެވެ.
އަސްލަމް ވިދާޅުވީ ފުރަތަމަ ދޭނީ މިހާރު އިއުލާނުކޮށްފައިވާ 5،000 ގޯތި ކަމަށާއި މި ސްކީމަށް 15،164 ފޯމް ހުށަހެޅި އިރު އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އާއި އެކި މީހުން ގުޅިގެން ޖޮއިންޓް އެޕްލިކެންޓް ގޮތުގަ ޖުމްލަ 23،088 މީހުން ހިމެނޭ ގޮތަށް ފޯމް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 19،857 މީހުން ކަމަށް އަސްލަމް ވިދާޅުވި އެވެ.
މިއަދުގެ ޕްރެސް އަށް ފަހު ގެޒެޓް ކުރަނީ އޭގެ ތެރެއިން 10،314 މީހަކަށް ލިބޭ ގޯއްޗެވެ.
ސަރުކާރުން ފުރަތަމަ މި ސްކީމަށް ހުޅުވާލީ 5000 ގޯތި ދިނުމަށެވެ.އަސްލަމް ވިދާޅުވީ މި ވަގުތަށް އިއުލާން ކުރާ 5000 ގޯތި ލިބޭ މީހުންގެ އިތުރުން މި މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ރައީސް ސޯލިހު ނިންމަވާފައިވާ ކަމަށެވެ.
....






