މާލެ: 31°C

މި ސަރުކާރުން 100 އަށްވުރެ ގިނަ އިންޖީނުގެ އަލަށް އިމާާރާތްކުރެވިއްޖެ، މިއީ އަޖައިބެއް: ނައިބު ރައީސް

December 21, 2022
2 ފަހަރު ބަލާފައި
މި ސަރުކާރުން 100 އަށްވުރެ ގިނަ އިންޖީނުގެ އަލަށް އިމާާރާތްކުރެވިއްޖެ، މިއީ އަޖައިބެއް: ނައިބު ރައީސް
މި ސަރުކާރުން 100 އަށްވުރެ ގިނަ އިންޖީނުގެ އަލަށް އިމާާރާތްކުރެވިއްޖެ، މިއީ އަޖައިބެއް: ނައިބު ރައީސް
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމަށް މިވީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 100 އަށް ވުރެ ގިނަ އާ އިންޖީނުގެތައް އަޅާފައިވާ ކަމަށް ވިދާޅުވެ، ސަރުކާރުގެ އެ މަސައްކަތް އެއީ "އަޖައިބެއް" ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ސިފަކުރައްވައިފި އެވެ. ރާއްޖޭގައި ކަރަންޓުގެ ޚިދުމަތްދޭން ފެށިތާ 73 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯއިން ބޭއްވި ޖަލްސާަގައި ފައިސަލް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރަށްރަށަށް ދަތުރުކުރެއްވި އިރު އަތޮޅުތަކުން އައި އެންމެ ބޮޑު އެއް ޝަކުވާ އަކީ ރަށްރަަށުގެ މެދު ތެރޭގައި އިންޖީނުގެތައް ހުރުމުގެ ސަބަބުން ވާ ގެއްލުމާއި އުނދަގުލުގެ ޝަކުވާ ކަމަށެވެ. އެކަން ހައްލު ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަަރަށް ބޮޑު އިސްކަމެއް ދެއްވި ކަމަށާއި 100 އަށް ވުރެ ގިނަ އާ އިންޖީނުގެ އެޅީ އެ ގޮތުން ކުރި މަސައްްކަތުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. "ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަރަށް ބޮޑި އިސްކަމެއް އެކަމަށް ދެއްވައި، ސްޓެލްކޯއާއި ފެނަކައާއި ދެކުންފުނި އެއްކޮށް ކުރި މަސައްކަތަކީ ގާތްގަނޑަކަށް 100 އަށް ވުރެ ގިނަ އާ އިންޖީނުގެ [އެޅުން]. މިއީ ރެކޯޑް އަދަދެއް. ރެކޯޑް އަދަދެއްގެ އިންޖީނުގެ މިވަނީ ރަށުގެ އެހެން ފަރާތަކަށް ބަދަލުކޮށްފައި،" ފައިސަލް ިވިދާޅުވި އެވެ. ކަރަންޓް ދިނުމުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން މި ސަރުކާރުން ކުރި މަސައްކަތަކީ ހަމަ އެކަނި އިންޖީނުގެތައް ބަދަލުކުރުން ނޫން ކަމަށާއި އެއާ ގުޅޭ އެހެން ގިނަ މަސައްކަތްތައް ވެސް ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރާއްޖޭގެ އިންޖީނުގެތަކަށް މި ހަތަރު އަހަރުގެ ތެރޭގައި ގެނައި އާ ޖަނަރޭޓަރުތަކުގެ އަދަދު ވެސް އެމަނިކުފާނު ވިދާޅުވި ގޮތުގައި 300 އަށް ވުރެ ގިނަ ވާނެ އެވެެ. "ތިން ސަތޭކައިން މައްޗަށް ހަމަ ގައިމު ވެސް އަރައިފި މި  ދެ ކުންފުނި ން ރަށްރަށް ސަޕްލައި ކުރެވުނު އާ ޖަނަރޭޓަރުގެ އަދަދު. އެހެންވީމާ މިއީ ހަމަ އެކަނި ކަރަންޓާ ގުޅުން ހުރި ކަންތައްތަކުގެ ވާހަކަ، މިއީ އަޖައިބެއް،" ނައިބު ރައީސް ވިދާޅުވި އެވެ. ސަރުކާރުން އެވަރަށް މަސައްކަތް ކޮށްފިއޭ ބުނީމާ އެވާހަކަ ގަބޫލުކުރަން އުނގޫ ވެދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ