ސަތޭކައަށްވުރެ ގިނަ ޗެނަލް ފާސްކުރުމަށް އެސްއެސްނެޓުން ބްރޯޑްކޮމްއަށް ހުށަހަޅައިފި

ސަތޭކައަށްވުރެ ގިނަ ޗެނަލް ފާސްކުރުމަށް އެސްއެސްނެޓުން ބްރޯޑްކޮމްއަށް ހުށަހަޅައިފި
ލިޔުން:
އަލަށް ކޭބަލްޓީވީގެ ޚިދުމަތް ފަށާ އެސްއެސްނެޓުން ސަތޭކައަށްވުރެ ގިނަ ޓީވީ ޗެނަލް ފާސްކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅައިފިއެވެ.
އެސްއެސްނެޓުން ހާމަކުރިގޮތުގައި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޗެނަލްތައް ފާސްކުރުމަށް ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެސްއެސްނެޓްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ މުހައްމަދު އާސިފް (މޮންދު) ވިދާޅުވި ގޮތުގައި މިހާތަނަށް ބްރޯޑްކޮމްއަށް ހުށަހެޅި ޗެނަލްތަކުގެ ތެރެއިން 48 ޗެނަލެއް ބްރޯޑްކޮމް އިން ވަނީ ފާސްކޮށްދެއްވާފައެވެ. އޭގެތެރޭގައި ރާއްޖޭގެ ޗެނަލްތަކުގެ އިތުރުން ދިވެހިން އާންމުކޮށް ބަލަމުންދާ ސޮނީ އާއި ޒީގެ ޗެނަލްތަކާއި ސިނަމަޗީގެ ޗެނަލްތަކާއި ބީފޯޔޫ، ސްޓިންގްރޭ، ލަވްނޭޗަރ ފޯކޭ، އައުޓްޑޯރ އަދި ޒޫމޫ ފަދަ ދިވެހީންގެތެރޭގައި މަޝްހޫރު ޗެނަލްތައް ހިމެނޭކަމަށް މޮންދު ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދުކުރަން އެސްއެސްނެޓްގެ ޚިދުމަތް ފެށެންވާއިރަށް ބްރޯޑްކޮމް އިން ހުރިހާ ޗެނަލެއް މިއަދު ފާސްކޮށްދެއްވާނެކަމަށް. މިހާތަނަށް ވެސް ކޮމިޝަނުން ވަނީ ރީބްރޯޑްކާސްޓަރުންނަށް ފަހިވާނެ އަދި ފަސޭހަވާނެ ގޮތަށް މަސައްކަތްތައް ކޮށްދެއްވާފައި. ދިރާގު ޓީވީގެ ކަސްޓަމަރުންގެ ތެރެއިން އެތައް ހާސް ކަސްޓަމަރުންނެއް މިހާރު ވަނީ އެސްއެސްނެޓަށް ބަދަލުވެފައި. އެހެންވީމަ މި އުއްމީދުކުރަނީ މިހާރު ހުށަހަޅާފައިވާ ހުރިހާ ޗެނަލެއް ފާސްކޮށްދެއްވާނެކަމަށް." މޮންދު ވިދާޅުވިއެވެ.
އެސްއެސްނެޓުން ހާމަކުރިގޮތުގައި މިހާރު ފާސްކޮށްދެއްވާފައިވާ 48 ޗެނަލްގެ އިތުރުން 71 ޗެނަލެއް ފާސްކޮށްދެއްވުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. ޚަބަރު ޗެނަލްތަކުގެ ގޮތުގައި ސީއެންއެން، ބީބީސީ، ސްކައި ނިއުސް، އަލްޖަޒީރާ، ފްރާންސް 24، އާރްޓީ، އޭބީސީ އޮސްޓްރޭލިއާ ފަދަ ޗެނަލްތައް ހިމެނެއެވެ. ވިޔަފާރީގެ ޚަބަރާއި މަޢުލޫމާތު ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ބްލޫމްބަރގް އާއި ސީއެންބީސީ ފަދަ މަޝްހޫރު ޗެނަލްތައް ހިމެނެއެވެ. ކުޑަކުދިންގެ މަޤްބޫލުކަން ހޯދާފައިވާ ކާޓޫން ނެޓްވަރކް އާއި ނިކަލޯޑިއަން އާއި ކާޓޫން ޗެނަލްގެ އިތުރުން ސްޓާރ އާއި ޑިސްކަވަރީގެ ޗެނަލްތަކާއި ސިނަމާ ވަރލްޑާއި ކޮމެޑީ ސެންޓްރަލް އާއި ކަލަރސްގެ ޗެނަލްތަކާއި އެމްޓީވީ ހިމެނެއެވެ. މީގެ އިތުރުން މިހާރު ފާސްކުރުމުގެ މަގުމަތީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި އަލް ޤުރްއާނާއި ސަޢުދީ އަރަބިޔާގެ އެހެން ޗެނަލްތައް ވެސް ހިމެނެއެވެ.
އެސްއެސްނެޓުން ހާމަކުރިގޮތުގައި ބްރޯޑްކޮމް އިން ހުރިހާ ޗެނަލެއް ފާސްކޮށްދެއްވައިފިނަމަ އެސްއެސްނެޓްގެ ޚިދުމަތް ފެށޭއިރު ޖުމްލަ 119 ޗެނަލް އެސްއެސްނެޓް ފަށާ ދުވަހުވެސް ކަސްޓަމަރުންނަށް ހިލޭ ލިބޭނެއެވެ. އަދި ޢާންމު ހުރިހާ ކަސްޓަމަރުންނަށް ފެބްރުއަރީ މަހުގެ ނިޔަލަށް ހިލޭ އެސްއެސްނެޓްގެ ޚިދުމަތް ލިބޭނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
