އަދި ބ.އޭދަފުށީ ސީއެމްބިއުލާންސާއި ޅ.މާފިލާފުށިން ކޯސްޓްގާޑް ހާބަރ ކްރާފްޓް ލޯންޗް އެސަރަހަށްދަށް ގޮސް އެހީވި ކަމަށް ފުލުހުން ބުނެއެވެ.
ފޯ ސީޒަން ރިސޯޓުން ދިން އެހީތެރިކަމަށްޓަކާ ޝުކުރުވެރިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.އިއްޔެ ވެސް ކަނޑުމަތީގެ ހިތާމަވެރި ހާދިސާއެއް ވަނީ ހިނގައިފައެވެ. މުދާ ބަރުކޮށްގެން މާލެއިން ރ. އަތޮޅަށް ދަތުރު ކުރަމުންދިޔަ "އާލާ ބޯޓު" އިއްޔެ ވަނީ ދިޔަވެ އަޑިއަށް ގޮހެވެ. އޭގެ ސަބަބުން ރ. މަޑުއްވަރީގެ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއްވިއެވެ.







