މާލެ: 31°C

1.8 މިލިޔަން ޓޫރިސްޓުން ގެނައުމުގެ ލަނޑުދަނޑި އަހަރު ނިމުނުގެ ކުރިން ހާސިލުވާނެ ކަމަށް ލަފާކޮށްފި

February 28, 2023
2 ފަހަރު ބަލާފައި
1.8 މިލިޔަން ޓޫރިސްޓުން ގެނައުމުގެ ލަނޑުދަނޑި އަހަރު ނިމުނުގެ ކުރިން ހާސިލުވާނެ ކަމަށް ލަފާކޮށްފި
1.8 މިލިޔަން ޓޫރިސްޓުން ގެނައުމުގެ ލަނޑުދަނޑި އަހަރު ނިމުނުގެ ކުރިން ހާސިލުވާނެ ކަމަށް ލަފާކޮށްފި
މިހާތަނަށް އަހަރު ފެށުނުތާ ދެ މަސް ވޭތުވެފައިވާއިރު ރާއްޖޭގެ ފަތުރުވެރިކަން ދަނީ ހަލުވި މިނެއްގައި ކުރިއަރަމުން އަރަމުން ކަމަށާއި މިއަހަރު 1.8 މިލިޔަން ޓޫރިސްޓުން ގެނަން ކަނޑައެެޅި ޓާގެޓް، އަހަރު ނިމުނުގެ ކުރިން ހާސިލުވާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވެއްޖެ އެވެ. ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ޓުއަރިޒަމް މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ޓާގެޓެއްގެ ގޮތުގައި 1.8 މިލިޔަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް އަންދާޒާކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާއިރު، މިހާރު ހުރި މިސްރާބަށް ބަލާނަމަ އަހަރު ނިމުމުގެ ކުރިން އެއަދަދަށް ހާސިލުކުރެވޭނެ ކަމުގެ ޔަގީންކަން އޮތްކަމަށެވެ. މައުސޫމް ވިދާޅުވި ގޮތުގައި މިއަހަރުގެ ފަތުރުވެރިކަމުގައި އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދޭނީ ފަތުރުވެރިކަމުގެ ސަބަބުން ރައްޔިތުންނަށް ފައިދާ ހޯދާ ދިނުމަށާއި، ޒުވާނުންނަށް ވަޒީފާތަކާއި އަދި އެމީހުންގެ މުސްތަގުބަލަށް ދެމެހެއްޓިނިވި ގޮތެއްގައި ފަތުރުވެރިކަން ގެންދިޔުން ކަމަށެވެ. އޭގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުއައްޒަފުންނަށާއި ފަތުރުވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ވެސް މިއަހަރު އިސްކަމެއްދޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިދިޔަ އަހަރަށް ބަލާއިރު މިހާތަނަށް ފަތުރުވެރިންގެ އަދަދު ގާތްގަނޑަކަށް 30 ޕަސެންޓުން އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.. "ޗައިނާ މާކެޓުގެ ގަދަ ދިހަ އެއްގެ 8 ވަނާގައި ރާއްޖޭގެ ފަތުރުވެރިކަން ހިފަހައްޓާއިރު، ދެ ތިން ހަފްތާ ތެރޭގައި ހަތް ވަނަ އަށް އަރާނެ" މައުސޫމް ވިދާޅުވިއެވެ. ރާއްޖޭގެ 117 ރަށުގައި ފަތުރުވެރިކަން އޮތްއިރު، މިނިސްޓްރީ އިން ހުރިހާ ރަށެއްގައި ހުރި ވޯޓާ ސްޕޯޓް ސެންޓަރުތައް ރަޖިސްޓްރީ ކުރުމަށް ނިންމާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ލައިސެންސް ހުރި ޓީމެއް ބިނާ ކޮށް ފަތުވެރިންނަށާއި މުއައްޒަފުންނަށް އިތުބާރާއެކު މަސައްކަތަކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދިވެހިންނަށް ފަތުރުވެރިނަށް ހިދުމަތް ދިނުމުގައި ގިނަ ފުރުސަތު ލިބި، ތަފާތު ހުނަރުތަކާއި އާމްދަނީ ހޯދުމާއި އަމިއްލަ އިތުރު ވިޔަފާރިތައް ފެށުމުގެ ފުރުސަތު ވެސް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަވާދިއްތަ ދަތުރަށް އަލިއަޅުވާލައްވާ މިނިސްޓރ ވިދާޅުވީ އެ ދަތުރަކީ އަހަރަކަށް ވުރެ އަހަރެއް ބޮޑު ވެގެން އަންނާނެ ދަތުރެއް ކަމަށާއި އެ ދަތުރާއި ގުޅިގެން އެފަދަ ސަރަހައްދުތައް ބެލެހެއްޓުމަށް ޓުއަރ ގައިޑުން ތަމަރީނުކޮށް ލައިސެން ފޯރުކޮށްދިނުމުގެ މަސައްކަތް ޓުއަރިޒަމް މިނިސްޓްރީ އިން ކުރަމުން އަންނަ ކަމަށެވެ. "ސަވާދިއްތަ ދަތުރަކީ ބޮޑު އީދަށް ރަށްރަށް ވިދާލާނެ ދަތުރެއް" މިނިސްޓަރ މައުސޫމް ވިދާޅުވި އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ