
ވޯޓު ފޮށިތައް ބަންދުކުރާ ގަޑި ކައިރިވަނީ. މިހާތަނަށް ވޯޓުލީ %56 މީހުން
ވޯޓު ފޮށިތައް ބަންދުކުރާ ގަޑި ކައިރިވަނީ. މިހާތަނަށް ވޯޓުލީ %56 މީހުން
ލިޔުން:
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިއަދުގެ 15:00 އާއި ހަމައަށް ވޯޓް ލާފައިވަނީ %56.26 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެކޮމިޝަނުން އާންމުކޮށްފައިވާ މަޢުލޫމާތައް ބަލާއިރު 15:00 އާއި ހަމައަށް 160،158 މީހުން ވަނީ ވޯޓު ލާފައެވެ. މިއީ ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 56.26 އިންސައްތައެވެ. އަދި ވޯޓް ނުލާ މީހުންގެ އަދަދަކީ 126،505 އެވެ. މިއީ ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ %43.74 އެވެ.
މިއީ މިހާތަނަށް ރައްޔިތުންގެ މަޖިލީހަށް އެންމެ ގިނަ މެންބަރުން އިންތިޚާބުކުރާ ފަހަރެވެ. މި އިންތިޚާބުގައި 93 ދާއިރާއަކަށް ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ. މީގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.
https://twitter.com/ElectionsMv/status/1781997109673427432
މި އިންތިޚާބުގައި ވޯޓު ލުމަށް 602 ވޯޓްފޮށި ވަނީ ބަހައްޓާފައެވެ. ވޯޓުލުން ހެނދުނު 8:00ގައި ފަށާފައިވާއިރު، ވޯޓުލެވޭނެ އެންމެ ފަހު ގަޑިއަކީ ހަވީރު 17:30 އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
