ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށައިފި

ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށައިފި
ލިޔުން:
އެމްޓީސީސީއިން އިއްޔެ ވިލިމާޅޭގައި ބަހުގެ ހިދުމަތް ދޭންފަށައިފިއެވެ.
ވިލިމާލޭގައި ބަހުގެ ހިދުމަތައް ބޭނުން ކުރަނީ މުޅިން އައު އިލެކްޓްރިކް ބަސްތަކެކެވެ. ކުދި އެހެނަސް ޖާގައިގެ ގޮތުން ވިލިމާލެއަށް ރަންގަޅު މިބަސްތަކުގައި 15 މީހުންނަށް އެއްފަހަރާ ދަތުރު ކުރެވެއެވެ. 11 މީހުންނަށް އިށީންދެގެން ތިބެވޭނެހެން ސީޓު ހަރުކޮށްފައި ހުންނައިރު 4 މީހުންނަށް ކޮޅަށް ހުރެގެން ދަތުރު ކުރެވޭނެކަމުގައި އެކުންފުނިން ބުނެއެވެ.
އިއްޔެއިން ފެށިގެން ދެހަފުތާ ވަންދެން ބަސް ދަތުރުތަކުން އެއްވެސް ފީއެއް ނުނަގާނެކަމަށް އެކުންފުނިން ބުނެއެވެ. އަދި ދެފަފުތާ ނިމުމުން އަގުނަގާނެކަމަށާއި ނަމަވެސް 3 އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންއަތުން އަގު ނުނަގާނެ ކަމުގައި އެކުންފުނިން ބުނެއެވެ. އަދި ބަހުގެ ދަތުރުތަކަށް ނަގާނެ އަގެން ކަނޑައެޅުމަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށް އެކުންފުނިން ބުނެއެވެ.
ބަހުގެ ހިދުމަތް ކޮންމެ ދުވަހަކު ފަތިހު 5:35 އިން ދަންވަރު 12:00 އާ ހަމައަށް ދިނުމައް ހަމަޖެހިފައިވެއެވެ. މިބަސްތައް ދުއްވުމަށް ހަމަޖެހިފައިވަނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުން އެއްމެގިނައިން ގޮސްއުޅޭ ސަރަހައްދުތަކަށެވެ. އެގޮތުން ފެތީ ޓާމިނަލް، ބީޗް، އަދި ސްކޫލް ހުންނަ ސަރަހައްދުތައް ހިމެނެއެވެ.
ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށާފައިވާއިރު، މާލޭ ސިޓީކައުންސިލުން އަންނަނީ އަންނަމަހު ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމައް ތަތްޔާރުވަމުންނެވެ. އެގޮތުން ބަގީގެ ހިދުމަތް ދިނުމައް ސިޓީ ކައުންސިލުން މިހާރުވަނީ 10 އިލެކްޓްރިކް ބަގީ ގަނެފަ ކަމުގައި އެ ކައުންސިލިން ބުނެއެވެ. ވިލިމާލޭގައި ބަގީގެ ހިދުމަތް 24 ގަޑީރު ދިނުމައް ހަމަޖެހިފައިވާ ކަމުގައި އެކައުންސިލުބުނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
