ޑޮލަރު ތާށިވީ ސަރުކާރަށް ތަންދޮރު ނޭނގުމާއި ކުރަމުންދާ ބޮޑު އިސްރާފުގެ ސަބަބުން ކަމަށާއި، އެ ވާހަކަތައް ދިވެހިން ދައްކާނެ ކަމަށާއި އަދި އެ ވާހަކަތައް ނޫސްތަކުގައިވެސް ލިޔާނެކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދަޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ޑޮލަރު ރޭޓު މަތިވާ ވާހަކަ އޮއްބާލަން ގާނޫނެއް ހެދިޔަސް އެކަން އޮއްބައި ނުލެވޭނެ ކަމަށެވެ.
ޑޮލަރު ތާށިވީ ސަރުކާރަށް ތަންދޮރު ނޭނގުމާއި ކުރަމުންދާ ބޮޑު އިސްރާފުގެ ސަބަބުން ކަމަށާއި، އެ ވާހަކަތައް ދިވެހިން ދައްކާނެ ކަމށެވެ.
ބޭރު ފައިސާއާއި ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިޅިހުގެ މާލިއްޔަތު ކޮމެޓީން ގެންނަން މިއަދު ފާސްކުރި އިސްލާހަކަށް އިޝާރާތްކުރައްވައި ފައްޔާޒް ވިދާޅުވީ ޑޮލަރު ތާށިވީ ސަރުކާރަށް ތަންދޮރު ނޭނގުމާއި ކުރަމުންދާ ބޮޑު އިސްރާފުގެ ސަބަބުން ކަމަށާއި، އެ ވާހަކަތައް ދިވެހިން ދައްކާނެ ކަމަށާއި އަދި އެ ވާހަކަތައް ނޫސްތަކުގައިވެސް ލިޔާނެކަމަށެވެ.
އަދި މައްސަލަ ހައްލުކުރުމުގެ ބަދަލުގައި އަބަދުވެސް ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންގެ އަނގަ ބަންދުކުރަން ކަމަށާއި މި ސަރުކާރުން ނޯތު ކޮރެއާގެ ހާލަތަށް ރާއްޖެ ވައްޓާލައިފި ކަމަށެވެ.
އަދި ފައްޔާޒުގެ އެ ޕޯސްޓްގައިވަނީ ގާނޫނުއަސާސީއާ ހިލާފު އެއްވެސް ގާނޫނަކަށް ތަބާނުވުމަށްވެސް ގޮވާލާފައެވެ.







