މާލެ: 31°C
އެމްއެމްއޭއަށް އެއްވެސްވަރަކަށް ޑޮލަރު މާރުނުކުރާ ރިސޯޓުތަކުގެ މައުލޫމާތު އާންމުކޮށްފި

އެމްއެމްއޭއަށް އެއްވެސްވަރަކަށް ޑޮލަރު މާރުނުކުރާ ރިސޯޓުތަކުގެ މައުލޫމާތު އާންމުކޮށްފި

24 އޯގަސްޓު 2026
40 ފަހަރު ބަލާފައި

ބޭރު ފައިސާއާ ބެހޭ ގަވާއިދާ އެއްގޮތަށް އެއްވެސް ވަރަކަށް ޑޮލަރު މާރުނުކުރާ ރިސޯޓުތަކުގެ ނަންތައް އާންމުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައި އެ ރިރޯޓުތަކުގެ ނަންތައް ޢާންމުކޮށްފި އެވެ.

މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ ކޮމްޕްލަޔަންސް ރިޕޯޓުގެ މުހިއްމު މައުލޫމާތުތަކަށް ބަލާއިރު ބޭރު ފައިސާއާ ބެހޭ ގަވާއިދަށް އެއްވެސް ގޮތަކަށް އަމަލުކޮށްފައިނުވަނީ 2 ރިސޯޓެކެވެ. އެއީ ރަހާ ރިސޯޓް އަދި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް އެވެ.

މި ރިފޯޓުގައި ބުނެފައިވާގޮތުން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ 78 އިންސައްތަ ރިސޯޓުން ގަވައިދާ އެއްގޮތަށް ފުރިހަމައަށް އެ ޤަވާއިދަށް އަންނަނީ އަމަލުކުިރަމުންނެވެ.

އަދި ޤަވާއިދާއެއްގޮތަށް އެންމެ ފުރިހަމައަށް ޑޮލަރު މާރުނުކުރާ 20 އިންސައްތަ ރިސޯޓް ހުރިކަން ފާހަގަކޮށް އެ އޮތޯރިތީން ބުނީ. އެ ރިސޯޓުތަކުގެ ތެރެއިން ގިނަ ރިސޯޓުތަކުން ކޮންސެޝަން ދިނުމަށް އެދިފައިވާކަމަށާއި، ނަމަވެސް ގާނޫނީ އިލްތިޒާމްތައް އަދާކުރުމަށް އެ އޮތޯރިޓީން އެ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ޤަވާއިދުގެ ކެޓަގަރީ ބީގައި ހިމެނޭ ގެސްޓްހައުސް އާއި ހޮޓާ، ސަފާރީ އަދި ހޯމްސްޓޭގެ ތެރެއިން 48 އިންސައްތަ ފަރާތްތަކުން ފުރިހަމައަށް އެޤަވާއިދަށް އަމަލުކުރާކަން ފާހަގަކޮށް އެމްއެމްއޭ އިން ބުނީ މި ކެޓެގަރީގައި 15 އިންސައްތަ ވިޔަފާރިތަކުން ފުރިހަމައަށް އެ ޤަވާއިދާއެއްގޮތަށް އަމަލުކޮށްފައިނުވާ ކަމަށެވެ.

އަދި މި ކެޓަގަރީގައި ހިމެނޭ 37 އިންސައްތަ ފަރާތުން އެއްވެސް ވަރަކަށް އެ ޤަވާއިދާއެއްގޮތަށް ޑޮލަރު މާރުކޮށްފައިނުވާކަމަށާއި، އެހެންކަމުން މެދު ފަންތީގެ މި ވިޔަފާރިތަކަށް ގާނޫނުގެ ތެރެއިން އިތުރު ފުރުސަތުދީ، ހޭލުންތެރިކުރުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުންގެންދާ ކަމަށްވެސް ބުނެފައި ވެއެވެ.

ބޭރުފައިސާ މާރުކުރުމުގެ ޤަވާއިދުގައި ބުނެފައިވާ ކެޓަގަރީ ސީ ގައި ހިމެނޭ ވިޔަފާރިތަކުގެ ތެރެއިން 38 އިންސައްތަ ފަރާތުން އެ ޤަވާއިދާއެއްގޮތަށް ބޭރުފައިސާ މާރުކޮށްފައިވާއިރު، 33 އިންސައްތަ ފަރާތުން އެކަށީގެންވާ ވަރަށް އެ ޤަވާއިދާ އެއްގޮތަށް އެންމެ ފުރިހަމައަށް ޑޮލަރު މާރުކޮސްފައިނުވާ ކަމަށާއި، އަދި މި ކެޓަގަރީގެ 29 އިންސައްތަ ފަރާތްތަކުން އެއްވެސް ވަރަކަށް އެ ޤަވާއިދާ އެއްގޮތަށް އެއްވެސް މިންވަރަކަށް ޑޮިލަރު މާރުކޮށްފައިނުވާކަމަށްވެސް އެމްއެމްއޭ އިން ބުނެއެވެ.

އަދި ކެޓަގަރީ ސީގައި ހިމެނޭ ތަންތަނުން އެދުނު ކޮންސެޝަންތަކާ މެދު ގޮތެއް ނިންމޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށްވާތީ، އެ އިސްލާހުތައް ހުށަހަޅާފައިވާ ކަމަށްވެސްވެސް އެ އޮތޯރިޓީން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ