މާލެ: 31°C

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

July 6, 2026
131 ފަހަރު ބަލާފައި
އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި
އިންޑިއާއާއެކު ގާއިމްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ޓެކްނިކަލް ބެރިއާޒް ޓު ޓްރޭޑާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފިއެވެ.

އިންޑިއާއާއެކު ގާއިމްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ޓެކްނިކަލް ބެރިއާޒް ޓު ޓްރޭޑާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްވަރާތަކުގެ ބޭނުމަކީ ވިޔަފާރިވެރިންނަށް ހުރި ދަތިތައް ދެނެގަނެ، އިންޑިއާއާއިއެކު ގާއިމްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ޙައްލު ހޯދުން ކަމަށެވެ.

އަދި މިމަޝްވަރާތަކަކީ ޓެކްނިކަލް ބެރިއާޒް ޓު ޓްރޭޑް ނުވަތަ އިންޑިއާއާއެކު ވިޔާފާރީގެ މުއާމަލާތްތައް ކުރުމަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުން ކަމަށާއި ޓެކްނިކަލް ބެރިއާޒް ޓު ޓްރޭޑް ޓީބީޓީއަކީ، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި ދިމާވާ ޤާނޫނީ ހުރަސްތައް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

އެގޮތުން އިންޑިއާއި އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމުން އުފެއްދުންތަކާ ގުޅޭ ޤަވާއިދުތަކާއި، ޓެސްޓު ކުރުމާއި އަދި ލޭބަލް ކުރުމުގެ މިންގަނޑުތަކަށް ގެންނަންޖެހިދާނެ ބަދަލުތަޖާ ގުލޭގޮތުން މޝްވަރާކޮށްފައިވާކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ އެކްސްޕޯޓު ދާއިރާގައި ހަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކާއެކު ވަނީ އެކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ކަމަށާއި، އެގޮތުން ދެ ޤައުމުގެ ދެމެދު އިމްޕޯޓް އަދި އެކްސްޕޯޓު ކުރާ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، އިމްޕޯޓު އަދި އެކްސްޕޯޓު ކުރާ މުދަލަކީ، ސެނިޓަރީ ނުވަތަ އިންސާނުންނާއި ޖަނަވާރުންނަށްވެސް ޞިއްޙީ ގޮތުން ރައްކާތެރި މުދަލަކަށް ވުމާއި، ފައިޓޯސެނިޓަރީ ނުވަތަ ގަސްގަހާއި ގެއްސަށް ރައްކާތެރި މުދަލަކަށްވުން ފަދަ ކަންކަން ހިމެނޭ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމުގެ މަޝްވަރާތައް ފެށުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް ބޭނުންވާ ޓާމްސް އޮފް ރިފަރެންސްއަށް ދެ ޤައުމުން އެއްބަސްވީ، މިއަހަރުގެ މާރިޗު މަހުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ