މާލެ: 31°C

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

July 6, 2026
315 ފަހަރު ބަލާފައި
ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ
ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 2 ސަރުކާރުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 2 ސަރުކާރުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ޑޮލަރުގެ އަގުހެޔޮ ނުކުރެވި، އޭގެ ކަޅު ބާޒާރެއް އުފެދިފައިވާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ކުރއްވި ސުވާލާއި ގުޅިގެން ދެއްވި ޖަވާބުގައި މިނިސްޓަރ ސައީދު ވިދާޅުވީ ރާއްޖޭގައި ޑޮލަރުގެ އަގު އުފުލުނީވެސް އަދި ތިރި ނުވެގެން އުޅެނީވެސް އެމްޑީޕީގެ 2 ސަރުކާރުގެ ސަބަބުން ކަމަށް ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ސަރުކާރުން ގާނޫނު ސަސްޕެންޑްކޮސް ފައިސާ ޗާޕްކުރުމާއި އެމްޑީޕީގެ ސަރުކާރުގައި 10 ރުފިޔާ އާއި 15 ރުފިޔާ އާއި ދެމެދުގެ ބޭންޑަކަށް ޑޮލަރުގެ ރޭޓް ފްލޯޓު ކުރުމުން އެކަންކަމުން އަދިވެސް އަރައިގަނެވިފައިނުވާކަމަށް މިނިސްޓަރ ސައީޑު ވަނީ ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ