މާލެ: 31°C

ވީއައިއޭގެ އެއާ ޓްރެފިކް މޫވްމަންޓް ރެކޯޑް އަދަދަކަށް އިތުރުވެއްޖެ

January 10, 2024
3 ފަހަރު ބަލާފައި
ވީއައިއޭގެ އެއާ ޓްރެފިކް މޫވްމަންޓް ރެކޯޑް އަދަދަކަށް އިތުރުވެއްޖެ
ވީއައިއޭގެ އެއާ ޓްރެފިކް މޫވްމަންޓް ރެކޯޑް އަދަދަކަށް އިތުރުވެއްޖެ
ސީޕްލޭންގެ ދަތުރުތައް ހިމެނޭހެން ވެލާނާ އިންޓަރނޭޝަނަލް އެއާ ޓްރެފިކް މޫވްމަންޓް މިދިޔަ ހޮނިހިރު ދުވަހު ރެކޯޑް އަދަދަކަށް އިތުރުވެއްޖެއެވެ. ވީއައިއޭއިން ބުނީ، މިދިޔަ ހޮނިހިރުދުވަހު އެ އެއާޕޯޓްގެ އެއާ ޓްރެފިކް މޫވްމަންޓްގެ އަދަދު 925 އަށް އަރާފައިވާކަމަށެވެ. މީގެ ކުރިން އެއްދުވަހަކާ އެންމެ ގިނަ ފްލައިޓް މޫވްމަންޓް ރެކޯޑް ކުރެވިފައިވަނީ 861 އެވެ. މިދިޔަ ހޮނިހިރުދުވަހު އެއާ ޓްރެފިކް މޫވްމަންޓް 925 އަށް އެރިއިރު، އޭގެ ތެރޭގައި ސީ ޕްލޭންގެ ދަތުރުތަކުގެ އަދަދަކީ 672 އެވެ. ބައިނަލް އަގްވާމީ ދަތުރުތަކުގެ އަދަދު 104 ގައި އުޅޭއިރު އެތެރޭގެ އުދުހުންތަކުގެ އަދަދަކީ 116 އެވެ. އަދި އެދުވަހު ޕްރައިވެޓް ޖެޓްތަކުގެ މޫވްމަންޓްގެ އަދަދު އުޅެނީ 33 ގައެވެ. އާއްމު ގޮތެއްގައި އެއާ ޓްރެފިކް މޫވްމަންޓްސް އިތުރުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ސީ ޕްލޭންގެ ދަތުރުތަކެވެ. މިދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަންކަމުން މިދުވަސްވަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު ސީ ޕްލޭންގެ ދަތުރުތައްވެސް ރެކޯޑް އަދަދަކަށް އިތުރުވެއެވެ. ރާއްޖެ އަންނަ ފަތުރުވެރިން މައިގަނޑު ގޮތެއްގައި ރިސޯޓްތަކަށް ދިއުމަށް ބޭނުންކުރަނީ ސީ ޕްލޭން ނުވަތަ މޫދަށްޖައްސާ ބޯޓެވެ. މިދިޔަ ހަފްތާގެ އަންގާރަދުވަހު މޫދަށްޖައްސާ ބޯޓުގެ މޫވްމަންޓް ރެކޯޑް އަދަދަކަށް އިތުރުވެފައިވާއިރު، އެދުވަހު ސީ ޕްލޭންގެ މޫވްމަންޓް އުޅެނީ 649 ގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ