މާލެ: 31°C

ވީއައިއޭގެ އައު ޓާމިނަލާއެކު، ދިވެހި އުފެއްދުންތައް ވިއްކުމުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ: ސައީދު

February 19, 2024
3 ފަހަރު ބަލާފައި
ވީއައިއޭގެ އައު ޓާމިނަލާއެކު، ދިވެހި އުފެއްދުންތައް ވިއްކުމުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ: ސައީދު
ވީއައިއޭގެ އައު ޓާމިނަލާއެކު، ދިވެހި އުފެއްދުންތައް ވިއްކުމުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ: ސައީދު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވާއިރު، ދިވެހި އުފެއްދުންތައް އެއަރޕޯޓުގައި ވިއްކޭނެ އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވާނެ ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އާމްދަނީ ހޯދުމަށް ގޭގައި އުފައްދައި، ބަންދުކުރާ ކާބޯތަކެއްޗަށް ޚާއްޞަ ލޯގޯ އިފްތިތާޙްކުރުމަށް ބޭއްވި ހަފްލާގައެވެ. ވަޒީރު ސައީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާވެގެން ދިޔުމުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާރމިނަލްގެ ދައުރުބޮޑުކަމަށެވެ. އެގޮތުން އައު ޓާމިނަލާއެކު، އިތުރު ފްލައިޓުތައް ރާއްޖެއަށް ދަތުރުތައް ފަށާ، އިޤްތިޞާދީގޮތުން ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ. އަދި މިޓަރމިނަލާއެކު ރާއްޖޭގެ އުފެއްދުންތައް ވިއްކުމަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. "ޓަރމިނަލްގެ އެރައިވަލް ޑިޕާޗަރ ހޯލްގައި އިތުރަށް ތަކެތި ބެހެއްޓުމުގެ ފުރުސަތު ފަހިވެގެންދާނެ، މާރކެޓުކުރުމުގައިވެސް، ދުނިޔެއަށް ދިވެހި ޕްރޮޑަކްޓްސްތައް ނެރުމުގައިވެސް، މީ ފުރުސަތެއް،" ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، އެއަރޕޯޓުގެ އައު ޓަރމިނަލުގައި، ދިވެހި އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ކުރާ މަސައްކަތާއެކު ވިޔަފާރިތަކަށް އިތުރަށް މާކެޓް އެކްސެސް ވެސް ލިބިގެން ދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. "އޮތެންޓިކް މޯލްޑިވްސްގައި މިހާރު ލިސްޓުކުރެވޭ، ވިޔަފާރިތަކަށް ހުރި ލިމިޓޭޝަންސް ނައްތާލާ، އިތުރު ކުދި ވިޔަފާރިތަކަށް ބައިވެރިވެވޭނެ ފުރުޞަތުތައް ހޯދައިދޭނަން،" ވަޒީރު ސައީދު ވިދާޅުވިއެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފަޔާއެކު ބީސީސީން އިސްނަގައިގެން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއާ ގުޅިގެން އިފްތިތާހްކުރި "ހޯމް ބޭސްޑް ފުޑް ޕްރޮޑިއުސަރ ލޯގޯ" އަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއެފްޑީއޭން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާ ލޯގޯއެކެވެ. [caption id="attachment_97994" align="alignnone" width="800"] ގޭގައި އުފައްދާ ބަންދުކުރާ ކާބޯތަކެއްޗަށް ޚާއްޞަ ލޯގޯ އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ ބީސީސީ[/caption] އާމްދަނީ ހޯދަން ގޭގޭގައި އުފައްދާ މިފަދަ އުފެއްދުންތަކުގެ ރައްކާތެރިކަން ކަށަވަރު ނުވުމަކީ އާންމު ސިއްހަތަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމެއްކަމުން މިފަދަ އުފެއްދުންތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް އެތަކެތި އުފެއްދުމަކީ އާންމު ސިއްހަތު ރައްކާތެރިކުރަން އެޅޭ ހަރުދަނާ ފިޔަވަޅެކެވެ. ހަމައެހެންމެ، މި ފަދަ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އެމްއެފްޑީއޭއިން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކަށް ލޯގޯއެއް ނުވަތަ ނިޝާނެއް ދިނުމަކީ އެތަކެތީގެ ރައްކާތެރިކަމާ މެދު އާންމުންގެ އިތުބާރު ބޮޑުވާނެ ކަމެކެވެ. މި ލޯގޯއާ ގުޅިގެން ބީސީސީއިން ވަނީ އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފުތަރު ކުރުމުގެ އުސޫލެއް ވެސް އެކުލަވާލާފައެވެ. މި އުސޫލު އެކުލަވައިލުމުގެ ބޭނުމަކީ ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގައި ވިޔަފާރިއެއް ގޮތުގައި ރަޖިސްޓަރީ ކުރުން ލާޒިމުނުވާ، އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި މަސައްކަތް ކުރާ ފަރާތްތައް ދެނެގަނެ، އާމްދަނީ ހޯދުމަށް ޓަކައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކަށް ވެސް ލޯގޯ ދޫކުރެވޭނެ ނިޒާމެއް ހަމަޖެއްސުމެވެ. އާމްދަނީ ހޯދުމަށް ޓަކައި ގޭގެއި އުފައްދައި ބަންދުކުރާ ކާބޯތަކެއްޗަށް ޚާއްޞަ ލޯގޯ ހޯދަން އެދި ހުށަހެޅޭނީ ދިރިތި ޕޯޓަލް މެދުވެރިކޮށެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއަކީ ކުދި ފަންތީގެ ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާތިތައް ކުރިއަރުވައި ތަރައްޤީކުރުމުގެ ޒިންމާ ޤާނޫނަކުން މަތިކޮށްފައިވާ ސަކުރާގުގެ ކުންފުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ