މާލެ: 31°C

ވީއައިއޭ އައު ޓާމިނަލްގެ އޮޕަރޭޝަން ފެށުމަށް އެމްއޭސީއެލުން ތައްޔާރުވާން ފަށައިފި

March 3, 2024
2 ފަހަރު ބަލާފައި
ވީއައިއޭ އައު ޓާމިނަލްގެ އޮޕަރޭޝަން ފެށުމަށް އެމްއޭސީއެލުން ތައްޔާރުވާން ފަށައިފި
ވީއައިއޭ އައު ޓާމިނަލްގެ އޮޕަރޭޝަން ފެށުމަށް އެމްއޭސީއެލުން ތައްޔާރުވާން ފަށައިފި
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓަރމިނަލްގެ އޮޕަރޭޝަންސް ފެށުމަށްޓަކައި ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ކުރަންޖެހޭ ކަންކަން ދެނެގަނެ އެކުގައި މަސައްކަތް ކުރުމަށް ބާއްވާ މަޝްވަރާ ބައްދަލުވުންތައް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް) އިން ފަށައިފިއެވެ. އައު ޓަރމިނަލްގެ އޮޕަރޭޝަންސްގެ ފެށުމުގެ ގޮތުން، މިއަދު ހުޅުލެ އައިލަންޑް ހޮޓަލުގައި ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހިދުމަތް ފޯރިކޮށްދެމުން އަންނަ ފަރާތްތައް ފަރާތްތަކާ އެމްއޭސީއެލުން މަޝްވަރާ ބައްދަލުވުންތަކުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައެވެ. މިއަދުގެ މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އެމް.އޭ.ސީ.އެލްގެ މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ  އައު ޓަރމިނަލަށް އޮޕަރޭޝަންސް ބަދަލުކުރުމަކީ ވަރަށް ފުރިހަމަކޮށް ކުރަންޖެހޭ މަސައްކަތެއް ކަމަށާއި، އައު ޓަރމިނަލް ބޭނުންކުރަން ފެށުން ވީހާވެސް އޮމާންކޮށް ގެންދިއުމަށްޓަކައި އެއަރޕޯޓުގައި ޚިދުމަތް ދެއްވާ ސްޓޭކްހޯލްޑަރުންގެ އެއްބާރުލުން މުހިއްމު ވާނެކަމަށެވެ. "އައު ޓަރމިނަލްގެ އޮޕަރޭޝަންސް ފެށުމުގެ ގޮތުން އެއަރޕޯޓުގައި ޚިދުމަތްދޭ ފަރާތްތައް ހިމެނޭ ޚާއްސަ ކޮމިޓީތައް އުފެދިގެންދާނެ. އަދި މި ކޮމިޓީތަކުގެ މަޝްވަރާތަކުން އެންމެ ރަނގަޅު ގޮތުގައި މިކަން ކުރެވޭނެ މަގުފަހިވެގެންދާނެ." އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު ޝަރީފް ވިދާޅުވިއެވެ. މިއަދުގެ މިބައްދަލުވުމުގައި ސިވިލް އޭވިއޭޝަންސް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލީ ޖަލީލްގެ އިތުރުން އިމިގްރޭޝަންސްގެ އޮފިސަރުންނާއި، ކަސްޓަމްސް އޮފިސަރުންނާއި، އެއަރލައިންތައް އޮޕަރޭޓްކުރާ ފަރާތްތަކުގެ އިތުރުން އެއަރޕޯޓުގައި ޚިދުމަތް ދެމުންގެންދާ ރިޒޯޓްތަކުން ބައިވެރިވިއެވެ. [caption id="attachment_98724" align="alignnone" width="800"] އެމްއޭސީއެލުން ސްޓޭކް ހޯލްޑަރުންނާއެކު މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެއިން...[/caption] ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ އެއަރޕޯޓް ތަރައްޤީ ކުރުމަށް މިހާރު ހިންގަމުންދާ މަޝްރޫޢުގެ މުހިއްމު މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން އައު ކޯޑް-އެފް ރަންވޭ އަކާއި، ނޫވިލު ސީޕްލޭން ޓަރމިނަލާއި، ވީ.އައި.ޕީ ބިލްޑިންގ އަކާއި، ކާގޯ ޓަރމިނަލަކާއި، ފިއުލް ފާމެއްގެ އިތުރުން ފަޔަރ ސްޓޭޝަނެއްވެސް ވަނީ ޤާއިމު ކުރެވިފައެވެ. ރާއްޖޭގެ އިގްތިސާދީ މައި ދޮރޯށި، ވީއައިއޭގެ އައު ޓާމިނަލާ ގުޅޭގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، މިހިނގާ އަހަރުގެ ހައި ސީޒަން ފެށެންވާއިރަށް އައު ޓާމިނަލުގެ ހިދުމަތް ފައްޓަވާނޭ ކަމަށެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ 5 ބިލިއަން ރުފިޔާގެ މަޝްރޫޢުގެ ދަށުން އައު ޓާމިނަލް ހެދުމުގެ މަސައްކަތަކީ އެންމެ މުހިއްމު އެއް މަސައްކަތެވެ. ޓާމިނަލްގެ މަސައްކަތް ނިންމުމަށް ސައުދީ ސަރުކާރުން 100 މިލިއަން ޑޮލަރު ހަމަޖައްސައިދީފައިވާއިރު، އައު ޓާމިނަލުން އަހަރަކު 7 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭނޭކަމަށް އެމްއޭސީއެލުން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ