މާލެ: 31°C

އުލިގަމް ޔޮޓް މެރީނާގެ މަސައްކަތް ހަމަސް ތެރޭ ފެށޭނެ: ރައީސް

January 30, 2025
149 ފަހަރު ބަލާފައި
އުލިގަމް ޔޮޓް މެރީނާގެ މަސައްކަތް ހަމަސް ތެރޭ ފެށޭނެ: ރައީސް
ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް 6 މަސްދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް 6 މަސްދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހއ. އުލިގަމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި އިޤްތިޞާދީ ދާއިރާއިން ބަލާއިރު އުލިގަމަކީ ޚާއްޞަ ކަންކަން ހުރި ރަށެކެވެ. އަދި އެ ރަށަކީ ޔޮޓްފަހަރުގެ ވަރަށް ބޮޑު މަންޒިލެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެމްޕީއެލްއާއި އެކީގައި އޮތް އެމްއޯޔޫއެއް އެބަ އޮތް، އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ އުންމީދަކީ އޭގެ ހުރިހާ މަރުހަލާތަކެއް ކަޑައްތު ކުރެވި ފައިނޭންސިން ކަންތަކާއި އަދި އޭގެ ހުރި ހުރިހާ ޑީޓެއިލް ވޯކްތަކެއް ކުރިޔަށް އޮތް މަސްތަކުގައި ނިމިގެންދާނެ.“

މިއަދުގެ ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ މި މަޝްރޫޢާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގިނަވެގެން 6 މަސްދުވަހުގެ ތެރޭގައި ޔޮޓް މެރީނާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެނިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ އުލިގަމުގައި މި ޚާއްޞަ އިޤްތިޞާދީ މަސައްކަތް ދާއިމީ ގޮތެއްގައި ފުޅާވެގެންދާ ގޮތަށް ޔޮޓް މެރީނާގެ މަޝްރޫޢު ކުރިޔަށް ގެންދިއުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ޔޮޓް މެރީނާގެ މަސައްކަތް ރޭވިފައިވާ ގޮތަށް ކުރިޔަށް ގެންދާނެ ކަމަށްވެސް ރައީސް އިތުރަށް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ