މާލެ: 31°C
ދަރައްޏެއް އޮތުމުން ހަސަން ޝިޔާމްގެ ކެންޑިޑަސީ ސްޕްރީމް ކޯޓުން ބާތިލުކޮށްފި

ދަރައްޏެއް އޮތުމުން ހަސަން ޝިޔާމްގެ ކެންޑިޑަސީ ސްޕްރީމް ކޯޓުން ބާތިލުކޮށްފި

March 28, 2024
3 ފަހަރު ބަލާފައި
ދަރައްޏެއް އޮތުމުން ހަސަން ޝިޔާމްގެ ކެންޑިޑަސީ ސްޕްރީމް ކޯޓުން ބާތިލުކޮށްފި
ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ހެންވޭރު މެދު ދާއިރާއަށް ވާދަކޮށް ކެމްޕޭނު ކުރަމުންދިޔަ ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ކެނޑިޑަސީ ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ. ސްޕްރީމް ކޯޓުން މިމައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ހަސަން އަކީ ސާބިތު ދަރަންޏެއް އޮތްކަން ސާބިތުވެފައިވާ ފަރާތެއްކަމަށާއި އަދި އެހުކުމާ އެއްގޮތަށް ދަރަނި ދައްކަމުންދާ ފަރާތެއް ނޫން ކަމަށެވެ. ހަސަން ޝިޔާމްގެ ކެންޑިޑެންސީ ކޯޓުން ބާތިލުކުރީ ޝަރުތުހަމަނުވާ ކަމަށް ބުނެއެވެ. ވީބީ ހަސަން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަނީ މާލޭ ސިޓީގެ މެދު ހެންވޭރު ދާއިރާއަށް އަމިއްލަ ގޮތުންނެވެ. ހަސަންގެ ކެނޑިޑަސީ ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެދާއިރާއަށް ނިސްބަތްވާ އަމިއްލަ ފަރާތަކުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ