މާލެ: 31°C

ޚިދުމަތްތެރި މަސްވެރިޔާ ކެޔޮޅު ރަޝީދަށް ހިތްވަރު ދިނުމުގެ ޤައުމީ އިނާމު!

July 28, 2023
2 ފަހަރު ބަލާފައި
ޚިދުމަތްތެރި މަސްވެރިޔާ ކެޔޮޅު ރަޝީދަށް ހިތްވަރު ދިނުމުގެ ޤައުމީ އިނާމު!
ޚިދުމަތްތެރި މަސްވެރިޔާ ކެޔޮޅު ރަޝީދަށް ހިތްވަރު ދިނުމުގެ ޤައުމީ އިނާމު!
ހއ. އިހަވަންދޫ ގުރަހަ އިބްރާހިމް ރަޝީދަކީ ހީވާގި މަސްވެރިއެވެ. ހުނަރުވެރި ކެޔޮޅެކެވެ. ޒުވާނުން މަސްވެރިކަމުގެ ދާއިރާއަށް ނެރުމަށް ބުރަކޮށް މަސައްކަތް ކުރާ ނަމޫނާ ލީޑަރެކެވެ. އިހަވަންދޫ މާހޯރަ-3 ދޯނީގެ ކެޔޮޅު އިބްރާހިމް ރަޝީދަކީ މަސްވެރިިކަން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާ ފަރާތެކެވެ. އޭގެ ނަތީޖާވެސް ވަރަށް ރަނގަޅެވެ. ރަޝީދުގެ ކައިރިން ތަމްރީންވެގެން އެތަކެއް ކެޔޮޅުން އުފެދިއްޖެއެވެ. އިތުރު މަސްވެރިން މިދާއިރާއަށް ނިކުމެއްޖެއެވެ. ރަޝީދުގެ މަސައްކަތް ސަރުކާރުންވެސް ވަނީ ބަލައިގަނެފައެވެ. މަސްވެރިކަމުގެ ދާއިރާއިން ދޮށީގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ރޮނގުން މިއަހަރުގެ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި އިބްރާހީމް ރަޝީދަށް ވަނީ ޤައުމީ އިނާމު ލިބިފައެވެ.
[caption id="attachment_94359" align="aligncenter" width="1600"] މިއަހަރުގެ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ކެޔޮޅު ރަޝީދު ވާހަކަ ދައްކަނީ: ފޮޓޯ/ ރައީސް އޮފީސް[/caption]
އިބްރާޙީމް ރަޝީދު މަހަށްދާން ފެށީ ވަރަށް ޅައުމުރުގައި ކަމަށެވެ. ގާތްގަނޑަށް 14 ނޫނީ 15 އަހަރުގެއެވެ.  މިހާރު އުމުރުން 50 އަހަރު ގުނަމުންދާ ރަޝީދު ކެޔޮޅުކަން ކުރަމުންދާތާ 23 އަހަރު ވެދާނެއެވެ
ރަޝީދުގެ ކެޔޮޅުކަމުގެ ދަށުން އެއްދަތުރުން އެންމެ ގިނައިން ބޮޑުކަންނެލި ބޭނުމުގެ ރިކޯޑް ވަނީ މުގުރާލާފައެވެ. މި ރިކޯޑް ހެދީ މިދިޔަ އަހަރުގެ ނޮމެމްބަރު މަހު ފަހުކޮޅުގައެވެ. "އަޅުގަނޑު އެންމެ ބޮޑު އިސްކަމެއް ދެނީ ޒުވާނުން މިދާއިރާއަށް ނެރެ މި މަސައްކަތް ވީހާވެސް ފުޅާކުރުން. ވީހާވެސް ގިނަ ކެޔޮޅުން އުފެއްދުން. އަޅުގަނޑަށް އެނގިފައިވާއެއްޗެއް އެހެން ކުދިންނަށް ކިޔާދިނުން. އަޅުގަނޑުގެ ވިސްނުމަކީ ލާރިބެހުމުގައިވެސް ޒުވާނުންނަށް އިސްކަން ދިނުން." ކެޔޮޅު ބުންޏެވެ.
ރަޝީދު ދުއްވާ މާހޯރަ-3
އިބްރާޙީމް ރަޝީދުގެ ވިސްނުންހުރީ މަސްވެރިކަމުގެ ދާއިރާއިން އިތުރަށް ކުރިއަށް ދިޔުމަށެވެ. މި ދާއިރާއިން ރަށަށާއި ޤައުމަށް ޚިދުމަތްކުރުން މަތީ ދެމިހުރުމެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ